ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ކަރީނާ ކަޕޫރް އާއި ޝާހިދް ކަޕޫރުގެ ލޯބީގެ ވާހަކަތަކަކީ މަދުމަދުން ނަމަވެސް އަދިވެސް ދެކެވޭ ވާހަކަތަކެކެވެ.
އެދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި އެންމެ ބޮޑަށް ދެކެވެމުން ދިޔައީ އެ ވާހަކަތަކޭ ބުނުމުންވެސް ދޮގަކަށް ނުވާނެ އެވެ. ހަމައެހެންމެ ކަރީނާ އާއި ޝާހިދުގެ ޖޯޑަކީ އާންމުންގެ ލޯތްބާއި ތަރުހީބު އެންމެ ބޮޑަށް ލިބުނު އެއް ޖޯޑެވެ.
ކަރީނާ އާއި ޝާހިދުގެ މެދުގައި އެންމެ ފުރަތަމަ ލޯބީގެ ގުޅުން އުފެދެން ފެށުނީ، ފިލްމު 'އިޝްގު ވިޝްގު' ގެ ސެޓުން ކަމަށް ކަރީނާ ބުނެފައިވެ އެވެ. އަދި އެދެތަރިންގެ ތެރެއިން އެންމެ ފުރަތަމަ ލޯބީގެ ހުށަހެޅުން ހުށަހެޅީވެސް ކަރީނާ ކަމަށް ކަރީނާ ބުންޏެވެ.
އެއަށްފަހު ފެނިގެން ދިޔައީ ދެތަރިންވެސް ލޯބިން އެކީގައި އުޅުނު މަންޒަރެވެ. އަދި ދެތަރިންވެސް އެކުގައި ލޯބީގެ ރޯލުތަކުން ފެނިފައިވާއިރު، ދެތަރިންގެ ޖޯޑަށް އާންމުންގެ ތަރުހީގު ދިޔައީ އޮހެމުންނެވެ.
ނަމަވެސް އެގުޅުން ހީނަރުވާން ފެށީ، ކަރީނާގެ ފިލްމު 'ކުރްބާން' ގެ ޝޫޓިން ފެށުމަށްފަހު އެވެ. އެ ފިލްމުގައި ކަރީނާއާ އެކު ސައިފް ލޯބީގެ ރޯލަކުން ފެނިފައިވާއިރު، އެދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނެވެ. އަދި މަޑުމަޑުން ކަރީނާ ދިޔައީ ޝާހިދުއާ ދުރުވަމުންނެވެ.
އެއަށްފަހު ސައިފް ކަރީނާ ގާތު ކައިވެންޏަށް އެހުމުން ޝާހިދު އާއި ކަރީނާގެ މެދުގައި އޮތް ގުޅުން ކަނޑައިލިކަމަށް ކަރީނާ ބުނެފައިވެ އެވެ.
ކަރީނާ އާއި ސައިފް 2012 ވަނަ އަހަރު ކައިވެނިކޮށްފައިވާއިރު، އެދެމީހުންނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފަ އެވެ. އަދި ޝާހިދު ކައިވެނި ކުރީ މީރާ ރާޖްޕުތްއާ އެވެ. އެދެމީހުންނަށް ލިބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.