ތިލަމާލެ ފަރަށް އެރި ބުރިޖު އެޅުމުގެ މަސައްކަތަށް ބޭނުންކުރަމުން އައި ޕްލެޓުފޯމް ދެ ދުވަސްތެރޭ ނަގާނެކަމުގެ ޔަގީންކަން އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ދީފިއެވެ.
އީޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ ބްރިޖް ޕްލެޓްފޯމް އެތަނުން ނެގުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅިގެން މިއަދު އެފްކޮންސް ކުންފުންޏާއި ޕްލޭނިން މިނިސްޓްރީއާ އެކު ބައްދަލުވުމެއް ބޭއްވިކަމަށެވެ.
އެ ޕްލެޓްފޯމް ނަގައި ނިމުމުން ފަރަށް ލިބުނު ގެއްލުން ދިރާސާކުރުމުގެ މަސައްކަތް ފަށާނެކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.
ބްރިޖް ޕްލެޓްފޯމް އެތަނުން ނެގުމަށް އެކަށީގެންވާ ވަަރަށް މަސައްކަތް ކުރާކަމަށް ގަބޫލުނުކުރެވޭކަމަށް ބުނެ ސޭވް ދަ ބީޗް މޯލްޑިވްސް އާއި ވިލިމާލޭގެ ޖަމިއްޔާއެއްކަމަށްވާ ވިލިޖޯލިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ދެ ދުވަސް ތެރޭ އެ ޕްލެޓްފޯމް ނަގާނެ ކަމަށް އެފްކޮންސްއިން ބުންޏަސް އެކަން އެ ކުންފުންޏަށް ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ.
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި
ވިއްސާރައިރު "މޫޑު" ބަދަލުވަނީ ކީއްވެ؟
ދިރާގުން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރި ފަރާތް ހޮވައިފި
