ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްއާއެކު ދުބާއީގެ ރަށެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރަންވީރާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މޭކް މައި ޓްރިޕް އާއި ދުބާއީގެ ރަށެއް ކަމަށްވާ ޔަސް އައިލެންޑާ ގުޅިގެންނެވެ.

މޭކް މައި ޓްރިޕްއިން ބުނީ މިފުރުސަތު ލިބިގެންދާނީ އެފަރާތުން މިހާރު ހުޅުވާލާފައިވާ ޗެލެންޖްގައި ބައިވެރިވެގެން ކަމަށެވެ. މި ޗެލެންޖަކީ މޭކް މައި ޓްރިޕްގެ އިންސްޓަގްރާމަށް އަޕްލޯޑް ކޮށްފައިވާ ރަންވީރުގެ ހޫކް ސެޓްޕް ޗެލެންޖްގެ ވީޑިއޯ ގޮތަށް ވީޑިއޯއެއް ނަގައި، ޖެހޭނީ އިންސްޓަގްރާމަށް އަޕްލޯޑް ކުރާށެވެ.

މިފުރުސަތު 50 ފަރާތްތަކަށް ލިބިގެންދާއިރު މިޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި ތިން ދުވަހުގެ ދަތުރުގައި ޔާސް އައިލެންޑްގެ ދުނިޔޭގެ ފެންވަރުގެ ހޮޓެލްތަކުގެ ތެރެއިން އެއް ހޮޓަލެއްގައި މަޑުކުރުމުގެ ފުރުސަތު އިތުރުން އެކި ތަންތަން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

https://www.instagram.com/p/Chq-R6ajoT9/

މިކަމާއި ގުޅޭގޮތުން ރަންވީރުވެސް ވަނީ އެއީ އޭނާއަށް އެންމެ ކަމުދާ އެއް މަންޒިލް ކަމަށް ބުނެފައެވެ. އަދި އަދި އެ މަންޒިލްގައި ތަފާތު ކަންކަން ކުރެވޭއިރު، މި ފުރުސަތުގެ ތެރެއިން ފޭނުންނަށް އޭނާއެކު، އެކި ހަރަކާތްތައް ތަޖުރިބާ ކުރެވޭނެ ކަމަށް ބުނެފައި ވެ އެވެ.

https://www.instagram.com/p/ChoWr3IhgDV/

ރަންވީރު އަކީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރެވެ.