ގޭސް ލީކްވެ، ހިނގި އަލިފާނުގެ ހާދިސާއެއްގައި އަންހެނަކާއި އޭނާގެ ދެ އަހަރުގެ ދަރިފުޅު ވަރަށް ބޮޑަށް ފިހިއްޖެ އެވެ
ހދ. ނޮޅިވަރަންފަރުގައި މިއަދު ހެނދުނު ގޭސް ލީކްވެ، ހިނގި އެ ހާދިސާގައި ފިހުނު ދެމައިނަށް އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މިހާރު އިތުރު ފަރުވާއަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަނީ ގެންދެވިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމައިންގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ފިހިފަ އެވެ.
މި ހާދިސާ ހިނގީ ގޭސް ލީކްވެފައި ވަނިކޮށް އުނދުން ރޯކުރުމާ ގުޅިގެން ކަމަށް އެނގިފައިވެ އެވެ.
މީގެ ހަފުތާއްހާ ދުވަސް ކުރިން ގޭސް ފުޅިއެއް ގޮވައި، ފިހި އަންހެނަކު މަރުވެފައިވާ އިރު، މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސްޓެލްކޯ ފްލެޓެއްގައި ވެސް ގޭސް ލީކްގެ ހިނގި ހާދިސާއެއްގައި އަންހެނަކު ފިހިވެފައިވެ އެވެ.
ހުޅުމާލެ 2 ގައި އަލަށް ދެ އޭޓީއެމް ސެންޓަރު ހުޅުވައިފި
ގަމުގެ އިރުން ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ޑައުންޕޭމަންޓް ބޮޑުކޮށް ދެއްކި ފައިސާ ކުލިން އުނިކުރަނީ