ލަންޑަން (4 ޑިސެމްބަރު) - ބިލިއަން ޕައުންޑުގެ ރަން އަބަދުވެސް އެމީހުންގެ ވޯލްޓްތަކުގައި ރައްކާކުރާކަމަށް، މަޝްހޫރު އަދި ސެކިއުރިޓީގެ ގޮތުން އެންމެ ވަރުގަދަ ބޭންކް އޮފް އިންގްލޭންޑަށް އެމީހުންގެ 50 ބިލިއަން ސްޓާލިން ފައުންޑް ވީނުވީ ތަނެއް ނޭނގޭ ކަމާއި އަދި އެކަމާއި ކަންބޮޑުވެގެން އުޅޭ ތަނެއް ވެސް ނުފެންނަ ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީއިން އިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

އެ ކޮމިޓީން ހުކުރުދުވަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ 50 ބިިލިއަން ޕައުންޑް (67 ބިލިއަން ޑޮލަރު) ގެ ބޭންކް ނޫޓް އެގައުމުގެ ދައުރުވާ ފައިސާއިން މަދުކަމަށާއި އަދި ބޭންކް އޮފް އިންގްލޭންޑުން މިކަމާ މާބޮޑަށް އަޅާލާތަނެއް ނުފެންނަ ކަމަށެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 70 ބިލިއަން ދައުރުވާ ފައިސާގެ ތެރެއިން ބޭނުންކުރަނީ މަދު މިންވަރެއް ކަމަށެވެ.

އެ ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މިފައިސާތައް ބޭންކަށް ޖަމާކުރަން ބޭނުންނުވާ މީހުންގެ ގޭގޭގައި ރައްކާކޮށްފައި އަދި ގައުމުން ބޭރުގައި ނުވަތަ ކޮންމެވެސް އެހެން ތަނެއްގައި ރައްކާކޮށްފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

އެ ބޭންކުން ބުނިގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާއި ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ނަގުދު ފައިސާ ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި މިކަމުގެ ސަބަބެއްކަމަށް ބެލެވެނީ ގިނަބަޔަކު ފަހަށް ރައްކާކުރުމަށް ފަށާފައިވުން ކަމަށެވެ. އަދި ކޮވިޑްގެ ރޯގާގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާގެއްލި އަދި ނުހަނު ބޮޑެތި ގެއްލުމާ ކުރިމަތިވާ ދަނޑިވަޅުގައި ފަހަށްރައްކާކުރުމާއި، ހަރަދު ކުޑަކުރުމުގެ ގޮތުން ބޭކާރު ހަރަދުނުކުރުމަށް ގިނަ ގައުމުތަކުން އެގައުމުތަކުގެ ރައްޔަތުންނަށް އިލްތިމާސްކޮށްފައިވެ އެވެ.

"އާންމުން ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުމަކީ ބޭންކްގެ ޒިންމާއެއް، އަދި މި ބެންކުން އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތަކާއި އެމީހުންގެ ޑިމާންޑާއި އެއްވަރަށް ހިދުމަތް ފޯރުކޮށްދޭނެ. ކަސްޓަރުން ނުޖެހޭ އެމީހުން ފައިސާ ރައްކާކުރަނީ ކީއްވެ ކަމެއް ނުވަތަ ކީއްކުރަންކަމެއް ބޭންކަށް ބުނެދޭކަށް. އެހެންވީމަ ފައިސާ ގެއްލުނީ އެކޭ ނުބުނެވޭނެ،" ބޭންކުން ނެރުނު ބަޔާނުގައި ވެ އެވެ. - ދަ ގާޑިއަން