(5 ޑިސެމްބަރު) - ކޮވިޑް-19 އަށް އުފެއްދި ކާމިޔާބު ވެކްސިން އިންޑިއާގައި ބޭނުންކުރުމުގެ ހުއްދައަކަށް އެމެރިކާގެ ފައިޒާ އިން އެދެފި އެވެ.

ފައިޒާ އިން ބުނިގޮތުގައި އިންޑިއާގެ ޑްރަގްސް ކޮންޓްރޯލަ ޖެނެރަލްއަށް މި ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް ވަނީ ލިޔުމުން އެދިފަ އެވެ. އިންޑިއާއަކީ ދެވަނައަށް އެންމެ ގިނަ ކޮވިޑް ކޭސް ރިކޯޑް ކުރެވިފައިވާ ގައުމެވެ.

ނަމެވެސް، އިންޑިއާގެ ސަރުކާރު އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނިގޮތުގައި ހޮނިހިރު ދުވަހުގެ ރެއާ ހަމަޔަށް އެފަދަ ހުއްދައަކަށް އެދި އެއްވެސް ފަރާތަކުން ހުށަހަޅާފައެއް ނުވެ އެވެ.

އިންޑިއާގެ އޮފިޝަލުން ބުނިގޮތުގައި އެމީހުންގެ އުންމީދަކީ ބޭރުގެ ގައުމުތަކުން އުފައްދާ ވެކްސިނަށްވުރެ ބޮޑަށް އެމީހުންގެ އަމިއްލަ ގައުމުގައި އުފައްދާ ވެކްސިން ބޭނުންކުރެވުން ކަމަށެވެ.

ފައިޒާ ވެކްސިން ޑޯޒް ތަކަކީ މައިނަސް 70 ޑިގްރީ ސެލްސިއަސް (މައިނަސް 94 ފެރެންހައިޓް) ނުވަތަ އެއަށްް ވުރެ ދަށް ޓެމްޕަރޭޗަރު ގައި ރައްކާކޮށްފައި ހުންނަންޖެހޭނެ ވެކްސިނެކެވެ. ނަމަވެސް އިންޑިއާގެ މިފަދަ ރައްކާކުރާ ސްޓޯރޭޖްތަކަކީ މި ވަރަށް ޓެމްޕަރޭޗަ ހުންނަ ތަންތަނެއް ނޫނެވެ.

އިންޑިއާގެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަ އުޅެނީ 9.64 މިލިއަނުގަ އެވެ. އަދި މި ރޯގާގައި 000،140 މީހުން މަރުވެފައިވެ އެވެ. --ރޮއިޓާސް