މީގެ އަހަރުތަކެއް ކުރިން އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ހިމެނުނު އެންމެ ކުޅަދާނަ އަދި އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނުނު އެކަކީ ޝާހިދު ކަޕޫރެވެ.

ޝާހިދުގެ ދައުރުގައި ގިނަ ކާމިޔާބީތައް އޭނާ ހޯދާފައިވާއިރު، މަޝްހޫރު ކަރަން ޖޯހަރްގެ ޝޯކަމަށްވާ 'ކޮފީ ވިތް ކަރަން' ގައި ކަރަން ވަނީ ފަހުގެ އަހަރު ތަކުގައި އެންމެ ކުޅަދާނަ ތަރިންގެ ގޮތުގައި ޝާހިދު ދެކެނީ ކޮންބައެއްތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެމުން ޝާހިދު ބުނީ، އޭނާގެ ނަޒަރުގައި އެންމެ ކުޅަދާނަ އެކްޓްރެސް އަކަށް ފަހުގެ އަހަރުތަކުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މަޝްހޫރު ތަރި ކިއާރާ އަދްވާނީ ކަމަށެވެ.

އޭގެ އިތުރުން ފިރިހެން ތަރިންގެ ތެރެއިން އެންމެ ކަމުދަނީ، ޔަޝް ކަމަށް އޭނާ ބުނެފައިވެ އެވެ.

ޔަޝްގެ ފިލްމުތަކުގެ ތެރެއިން އާންމުންނަށް އެންމެ ބޮޑަށް ކަމުގޮސްފައިވަނީ 'ކޭޖީއެފް' ގައި އޭނާ ކުޅެދިން 'ރޮކީ' ގެ ރޯލެވެ. އެރޯލުގައި އޭނާ ކުޅެދިން އެކްޓު ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު، އޭގެ ސަބަބުން ޔަޝް ވަނީ ބޮލީވުޑް ގިނަ ތަރިންގެ މެދުގައިވެސް މަގުބޫލުކަން ހޯދާފަ އެވެ.