ކަލާޒް ޓީވީގެ މަގުބޫލު ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާ ޖާ" ފަސް އަހަރުގެ މެދެކެނޑުމަކަށް ފަހު މިމަހުގެ ތިން ވަނަ ދުވަހުގެ ރޭއިން ފެށިގެން ދައްކަން ފަށަން ވަނީ ތައްޔާރުވެފަ އެވެ.

ސެލެބްރިޓީންނާއި އެކުގައި ކުރިއަށް ގެންދާ މި ޝޯ 10 ވަނަ ސީޒަން ކަލާސް ޓީވީއިން ދައްކާނީ ރާއްޖެ ގަޑިން 19:30 ގައި ކޮންމެ ހަފްތާއެއްގެ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭ އެވެ. މިފަހަރުގެ ސީޒަންގެ ޖަޖުންގެ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ މާދުރީ ޑިކްސިޓް އާއި މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރާއި މިހާރު އެންމެ މަގުބޫލު ނެށުންތެރިޔާ ނޯރާ ފަތޭހީ ފެނިގެންދާނެ އެވެ. ނޯރާ އަކީ "ޖަލަކް ދިކްލާ ޖާ" ސީޒަން ނުވަ އެއްގައި ވަނީ ބައިވެރިއެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.

މިފަހަރުގެ ސީޒަންގައިވެސް މަޝްހޫރު ޓީވީ ތަރިން ފެނިގެންދާނެ އެވެ.

ދެން މިބަލައިލަނީ މިފަހަރުގެ ސީޒަންގައި ފެނިގެންދާނެ 12 ތަރިންނަށް:

ނިތި ޓޭލަރު

https://www.instagram.com/p/Cg_aZTRrY60/?utm_source=ig_embed&ig_rid=a88cc581-e9e5-42ca-a3a5-908fc0846347

އެމްޓީވީގެ "ކައިސީ ޔޭ ޔާރިޔަން" ގައި ނަންދީނީ މުރްތީގެ ރޯލުން މަޝްހޫރުވެފައިވާ މަޝްހޫރު ޓީވީ ބަތަލާ "ޖަލަކް ދިކްލާ ޖާ 10" ގައި ބައިވެރިވާނެ އެވެ. އޭނާގެ މިލިކިއްޔާތުގައި ވަނީ ގާތްގަނޑަކަށް ހަތް ކްރޯޑް ރުޕީސް (1 މިލިއަން ޑޮލަރު) އެވެ.

ނިއާ ޝަރުމާ

https://www.instagram.com/p/Chm9KKGK1jp/

ނިއާ ޝަރުމާއަކީ އެއްވެސް ތައާރަފެއް ބޭނުންވާނެ ފަންނާނެއް ނޫނެވެ. އޭނާ މަޝްހޫރުވެފައިވަނީ "އެކް ހަޒާރޯން މޭން މެރީ ބެހްނާ ހޭ"، "ޖަމައި ރާޖާ" ، "އިޝްޤް މޭން މަރްޖަވާން" އަދި "ނާގިން: ބަގްޔާ ކާ ޒެހްރީލާ ޚެލް" ފަދަ ސިލްސިލާތަކުގައި ކުޅެފައިވާ ރޯލުތަކުންނެވެ. އަދި އޭނާ ވަނީ ރިއަލިޓީ ޝޯ "ހަތްރޯ ކީ ކިޅާލީ" ސިޒަން 8 ގައި ވެސް ބައިވެރިވެފަ އެވެ. ނިއާ ޝަރުމާގެ މިލިކިއްޔާތުގައި ކްރޯޑް ރުޕީސް އެބެހުއްޓެވެ.

ރުބީނާ ދިލައިކް

https://www.instagram.com/p/Ch1QwjopT-u/

"ހަތުރޯ ކީ ކިޅާލީ" ސީޒަން 12 އިން މިހާރު ފެނިގެންދާ ރުބީނާ އަކީ މަޝްހޫރު ޓީވީ ބަތަލާ އެކެވެ. އަދި އޭނާ ވަނީ "ބިގް ބޮސް 14" ގައި ބައިވެރިވެ އެޝޯވެސް ކާމިޔާބު ކޮށްފަ އެވެ. ޓީވީ ބަހޫގެ ގޮތުގައި މަޝްހޫރުވެފައިވާ ރުބީނާގެ މިލިކިއްޔާތުގައި ހުރީ 29 ކްރޯޑް ރުޕީސް އެވެ.

ފައިސަލް ޝައިޚް

https://www.instagram.com/p/Ch7PVvvpPIc/

ސޯޝަލް މީޑިއާގައި މިސްޓަރު ފައިސޫގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ފައިސަލް ޝައިޙް މިހާރު އަންނަނީ ކަލާޒް ޓީވީ ދައްކަމުން އަންނަ "ހަތުރޯ ކީ ކިޅާލީ" ސީޒަން 12 ގައި ވެސް ވާދަ ކުރަމުންނެވެ. ސޯޝަލް މީޑިއާގެ އިންފްލޫއެންސާ އަދި އެކްޓަރު ފައިސަލްގެ މިލިކިއްޔާތުގައި ގާތްގަނޑަކަށް ހުރީ 14 ކްރޯޑް ރުޕީސް އެވެ.

ޒޯރާވަރު ކަލްރާ

https://www.instagram.com/p/ChRrZQVpMv6/

އިންޑިއާގެ އެންމެ ކާމިޔާބު އެއް ރެސްޓޯރެންޓް ހިންގާ ޒޯރާވަރު ކަލްރާ ކުރިއަށް އޮތް "ޖަލަކް ދިކްލާ ޖާ" ގައި ފެނިގެންދާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާގެ މިލިކިއްޔާތުގައި ގާތްގަނޑަކަށް ހުރީ 80 ކްރޯޑް ރުޕީސް އެވެ.

އަލީ އަސްގަރު

https://www.instagram.com/p/Chj0IvzLPaK/

އަލީ އަސްގަރަކީ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި އޭނާ ފެނިގެންދިޔަ "ދާދީ" ރޯލުން ބޮޑު މަގުބޫލުކަމެއް ހޯދި ފަންނާނެކެވެ. މީގެ އިތުރުން މަގުބޫލު ސީރީޒް "ކަހާނީ ގަރު ގަރު ކީ" އާއި "އެފްއައިއާރު" ފަދަ ހިޓް ޓީވީ ޝޯތަކުގައި ވެސް އޭނާ ހުނަރު ވަނީ ފެނިގެން ގޮސްފަ އެވެ. އޭނާގެ މިލިކިއްޔާތުގައި ގާތްގަނޑަކަށް ހުރީ 30-35 ކްރޯޑް ރުޕީސް އެވެ.

ގަޝްމީރު މަހާޖަނީ

https://www.instagram.com/p/Chm5aLsD6-r/

މަރާތީ ފިލްމުތަކާއި 2010 ވަނަ އަހަރު ރިލީޒް ކުރި "މުސްކުރަކޭ ދޭ ޒަރާ" މަގުބޫލުކަން ހޯދި ގަޝްމީރުވެސް މިފަހަރުގެ ސީޒަންއިން ފެނިގެންދާނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ މިލިކިއްޔާތުގައި ހުރީ 10 ކްރޯޑް ރުޕީސް އެވެ.

އަމްރުތާ ޚަންވިލްކާރު

https://www.instagram.com/p/Ch5IH_PvVN3/

"ރާޒީ" އާއި "މަލަންގް" ފަދަ ބޮލީވުޑްގެ ފިލްމުތަކުން ފެނިގެންދިޔަ އަމްރޫތާ ޚަންވިލްކާރް ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާ ޖާ 10" ފެނިގެންދާނެ އެވެ.

ޕަރަސް ކަލްނާވަތު

https://www.instagram.com/p/Ch1XK0jvYrv/

މަޝްހޫރު ޓީވީ ޝޯ "އަނުޕަމާ" ގައި ފެނިގެން ދިޔަ ޕަރާސްވެސް މިފަހަރުގެ ސީޒަންގައި ބައިވެރިވުމަށް ވަނީ ނިންމާފަ އެވެ. އޭނާގެ މިލިކިއްޔާތުގައި ހުރި ކަމަށް ރިޕޯޓްތައް ބުނަނީ 1 މިލިއަން ޑޮލަރާއި 5 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެކެވެ.

ދީރާޖް ދޫޕަރު

https://www.instagram.com/p/ChmJc_kq3Na/?utm_source=ig_embed&ig_rid=5e0b8dcf-fffd-43eb-ba59-d30e0e01ab48

ދީރާޖް ދޫޕާރު މަޝްހޫރުވެފައިވަނީ އޭނާގެ ހިޓް ޝޯތަކެއް ކަމަށްވާ "ކުންދަލީ ބަގްޔާ" އާއި "ސަސޫރަލް ސިމާރް ކާ" އޭނާ ކުޅެފައިވާ ރޯލުތަކުންނެވެ. އަދި "ޑާންސް އިންޑިއާ ޑާންސް 7" ވެސް ހޯސްޓް ކުރެއްވި އެވެ. ރިޕަބްލިކް ވޯލްޑްގައި ނެރުނު ރިޕޯޓެއްގައިވާ ގޮތުން އޭނާގެ މިލިކިއްޔާތުގައި ހުރި ކަމަށްވަނީ 7 ކްރޯޑާއި 37 ކްރޯޑާ ދެމެދުގެ އަދަދެއް ކަމަށް ލަފާކުރެވެ އެވެ.

ޝިލްޕާ ޝިންޑޭ

https://www.instagram.com/p/Chgn8-nvjnI/?utm_source=ig_embed&ig_rid=61b7dedb-5c0e-4538-9f56-c0a469b651b8

ޝިލްޕާ ޝިންޑޭ މަޝްހޫރުކަން ހޯދީ މަޝްހޫރު ސިޓްކޮމް "ބާބީޖީ ގަރް ޕާ ހޭ" ގައި އަންގޫރީ ބާބީޖީގެ ޓައިޓަލް ރޯލުންނެވެ. މީގެ ކުރިން 2018 ވަނަ އަހަރު "ބިގް ބޮސް 11" ވެސް އޭނާ ވަނީ ކާމިޔާބު ކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ މުދަލަކީ ގާތްގަނޑަކަށް 14 ކްރޯޑް ރުޕީސް އެވެ.

ގުންޖަން ސިންހާ

https://www.instagram.com/p/ChuRXYqNPwA/

މިއީ މިފަހަރުގެ ސީޒަންގައި ބައިވެރިވާ އެންމެ ހަގު ބައިވެރިޔާ އެވެ. އޭނާ އާންމުންގެ ތެރޭގައި މަޝްހޫރުވީ "ޑާންސް ދީވާނޭ ސީޒަން 3" ގެ 1 ވަނަ ރަނަރަޕްގެ މަގާމު ހޯދި ހިސާބުންނެވެ.

މި ޝޯގެ އެންމެ ފަހު ސީޒަން ދައްކާފައިވަނީ 2016 ން 2017 އަށެވެ. އެ ސީޒަންގައި ޖަޖުކަން ކުރީ ފިލްމީ ތަރި ޖެކޮލީން ފެރްނާންޑޭސް އާއި ކަރަން ޖޯހަރް އަދި ކޯރެއޮގްރާފަރ ގަނޭޝް ހެގްޅޭގެ އިތުރުން ފަރާ ޚާނެވެ.