ޏ. ފުވައްމުލައް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ތާރު އެޅުމުގެ މަސައްކަތް އިފްތިތާހްކޮށްދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ.

މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ފުވައްމުލަކު އެތެރޭގެ މަގުހެދުމުގެ މި މަޝްރޫއަކީ 331 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މަގުހެދުމުގެ މި މަޝްރޫއުގެ ދަށުން 122 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް އެޅުމާއި، 95 އަކަ މީޓަރުގެ ތާރު އެޅުމުގެ އިތުރުން 27 އަކަ މީޓަރުގެ ފުޓްޕާތު ހަދާނެ އެވެ.