މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ރައީސް ކަމަށް ވަން އޮންލައިންގެ އަލީ ރިފްޝާން އަދި ނައިބު ރައީސް ކަމަށް ވަގުތު އޮންލައިންގެ ސީނިއާ ޖާނަލިސްޓް މުހައްމަދު ޔާމީން އިންތިހާބުވެއްޖެ އެވެ.

އެމްޖޭއޭގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރީ މިއަދު ހަވީރު ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އާ އެކްސްކޯ ހޮވުމަށް ވޯޓުލުން ކުރިއަށްގެންގޮސްފައި ވަނީ ޓެލެގްރާމް ޕޯލެއް މެދުވެރިކޮށެވެ. އާއްމު ޖަލްސާގައި 79 މެންބަރުން ބައިވެރިވި އެވެ. ގިނަ މެންބަރުން ބައިވެރިވީ އޮންލައިންކޮށް ޒޫމް މެދުވެރިކޮށެވެ.

އެމްޖޭއޭގެ އާ އެކްސްކޯ:

  • ރައީސް: އަލީ ރިފްޝާން (ވަން އޮންލައިން)
  • ނައިބު ރައީސް: މުހައްމަދު ޔާމީން (ވަގުތު އޮންލައިން)
  • އެސްޖީ: އަހުމަދު ނާއިފް (ދައުރު)
  • ބަޖެޓް ސެކްރެޓަރީ: ނާޒިމް ހަސަން (އަދަދު)
  • އަންހެން މެންބަރު: އާސިމާ ނިޒާރު (މިހާރު)
  • އަންހެން މެންބަރު: އައިޝަތު ނުޒުހާ (އަދަދު)
  • އާއްމު މެންބަރު: މުޒައްޔިން ނާޒިމް (ދައުރު)

އާ އެކްސްކޯ އެމްޖޭއޭގެ ހިންގުމާ ހަވާލުވާނީ އަންނަ މިމަހުގެ 15 ވަނަ ދުވަހުއެވެ. އާ އެކްސޯގެ ދައުރަކީ ތިން އަހަރެވެ.

މިދިޔަ ދައުރުގައި ވެސް އެމްޖޭއޭގެ ރައީސް ކަމުގައި ހުންނެވީ ރިފްޝާނެވެ.