"ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އިން އާންމުންގެ މަގުބޫލުކަން ހޯދި ހީނާ ހާން އަކީ ވަރަށް ގިނައިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ އިންޑިޔާގެ ފަންނާނެކެވެ. އެގޮތުން ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއި އެކީ ހީނާ ވަނީ އަނެއްކާވެސް ރާއްޖެ އައިސްފަ އެވެ.

ފުރަވެރި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދާ ހީނާ ދަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ޗުއްޓީގެ ރީތި ފޮޓޯތައް ފޭނުންނާ ހިއްސާކުރަމުންނެވެ.

ހީނާ ހާންއަކީ އިންޑިޔާގެ ޓީވީ އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ސްޓައިލިޝް ތަރިންގެ ތެރެއިން އެއް ތަރި އެވެ.

ހިނާގެ އެންމެ ފުރަތަމަ ބޮލީވުޑް ފިލްމު "ހެކްޑް" ނެރެފައިވަނީ 2019 ވަނަ އަހަރުގަ އެވެ. މީގެ އިތުރުން ޑިޖިޓަލް ކޮށް ރިލީޒްކޮށްފައިވާ "ޑެމޭޖްޑް 2" އާއި "އަންލޮކްޑް: އެ ހޯންޓެޑް އެޕް" އިން ވެސް ހީނާ ވަނީ ފެނިގެން ގޮސްފަ އެވެ.