ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އެއް މަސް ދުވަހަށް އިތުރުކޮށްފި އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި ފަސް ވަނަ ފަހަރެވެ. މިފަހަރު އޮކްޓޯބަރު ހަވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރި ކަމުގެ ލިޔުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
އެންމެ ފުރަތަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ މިދިޔަ މާޗު މަހުގެ 12 ގަ އެވެ. އޭގެފަހުން އެކި ފަހަރުމަތިން އަންނަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަމުންނެވެ. އެންމެ ފަހުން މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އިތުރު ކުރި މުއްދަތު ހަމަވާނީ މިރޭ 12:00 އަށެވެ.
މިރޭ ނެރުނު ލިޔުމުގައި ވަނީ ރާއްޖޭގައި މިހާރު ކޮވިޑް19 ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމަވާފައިވާ ކަމަށް އެ ލިޔުމުގައިވެ އެވެ.
އީދު ފާހަގަކުރި ގޮތް ބަލަން ސަލަފުން މައުލޫމާތު އެއްކުރަނީ
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
