ވިޖޭ ދެވަރަކޮންޑާ އަކީ ސައުތު ސިނަމާގައި އެންމެ މަގުބޫލު އެއް ފިރިހެން ތަރި އެވެ.
"އަރުޖުން ރެޑީ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ވިޖޭގެ ފުރަތަމަ ބޮލީވުޑް ފިލްމު "ލައިގާ" ވަނީ ބޮކްސް އޮފީހުގައި ފްލޮޕްވެފަ އެވެ.
ވިޖޭ އާއި އަނަންޔާ ޕާންޑޭގެ ފެނިގެން ދިޔަ ފިލްމަށް ބެލުންތެރި މެދުގައި މަގުބޫލު ކަމެއް ނުލިބުމުގެ ސަބަބުން ވިޖޭ ވަނީ އޭނާގެ ފީއިން ހަ ކްރޯޑް ރުޕީސް މިފިލްމުގެ ޕްރޮޑިއުސަރުންނަށް އަނބުރާ ދިނުމަށް ނިންމާފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިގޮތަށް ވިޖޭ ނިންމީ މިފިލްމް ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ނުލިބުމުގެ ސަބަބުންނެވެ.
ޕޫރީ ޖަގަންނާދު ލިޔެ ޑައިރެކްޓްކޮށްފައިވާ "ލައިގާ" ސިނަމާތަކުގައި ރިލީޒްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
މިއީ ހިންދީ ބަހުގެ އިތުރުން އިންޑިއާގައި އާންމުކޮށް ވާހަކަދައްކާ އުޅޭ ހުރިހާ ބަހަކުން ރިލީޒް ކުރި ފިލްމެކެވެ. އޭގެ ތެރޭގައި ޓެމިލް، މަލަޔާލަމް އަދި ޓެލުގޫ ހިމެނެ އެވެ.
"ލައިގާ" އިން ވިޖޭ ފެންނާނީ ބޮކްސިން ތަޅާ މީހެއްގެ ރޯލުންނެވެ.
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
ރިތިކްގެ އެންމެ ފުރަތަމަ މުސާރައަށް ގަތީ ކުޅޭ ކާރެއް!
އާރްޓީއައި ގާނޫނު ދަނީ އެބިއުސްކުރަމުން: އުޝާމް