ލަންޑަން (8 ޑިސެމްބަރު) - ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމަށް އެމެރިކާގެ ފައިޒާ އަދި ބަޔޯންޓެކް ކުންފުނިން ގުޅިގެން އުފެއްދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ދިނީ އިނގިރޭސި ވިލާތުންނެވެ. މި ވެކްސިން ދިނުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތުން ހުއްދަ ދިނުމުން މަދުމަދުން ވިވަނީ ވެކްސިން މީހުންނަށް ދޭން ފަށާފަ އެވެ.
މިގޮތުން 91 އަހަރުގެ މާގްރެޓް ކީން އަކީ އިނގިރޭސިވިލާތުން މިވެކްސިން ދެވުނު ފުރަތަމަ މީހާ އެވެ. ކީން އަށް މިވެކްސިން ދިނީ އެގައުމުގެ ކޮވެންޓްރީ ޔުނިވާސަލް ހޮސްޕިޓަލުގަ އެވެ.
ކީން ފާހަގަ ކުރިގޮތުގައި އުފަން ދުވަހުގެ ހަދިޔާއަކަށް ވެކްސިން ޖެހުމުގެ ފުރުސަތު ލިބުމަކީ ވަރަށް ވެސް ބޮޑު ފަހުރެކެވެ. އަދި މިކަމުގެ ސަބަބުން އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ލިބިގެންދާތީ ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ.
ހެލްތް ސެކްރެޓަރީ މެޓް ހެންކޮކް ބީބީސީ ބްރޭކްފާސްޓް ޕްރޮގްރާމްގައި ވިދާޅުވީ މިފެއްޓުނީ ވަރަށް ބުރަ، ބޮޑު މަސައްކަތެއް ކަމަށާއި ނަމަވެސް އުންމީދު އާލާވެއްޖެ ކަމަށެވެ.
ހެލްތް ސެކްރެޓަރީ އިތުރަށް ވިދާޅުވި ގޮތުގައި ފުރަތަމަ ގްރޫޕްގައި ހިމެނޭ މީހުންނަށް ވެކްސިން ދީ ނިމެން ދެތިން ހަފްތާ ނަގާނެ އެވެ. ފުރަތަމަ ގުރޫޕްގައި ހިމެނެނީ ސިއްހީ ހިދުމަތުގައި މަސައްކަތްކުރާ މީހުންނާއި، އެހީތެރިންނާއި އަދި 80 އަހަރުން މަތީގެ މީހުންނެވެ.
ފުތަމަ 800،000 ޑޯޒްގެ ވެކްސިން އަންނަ ހަފްތާތެރޭގައި ދެވޭވަރުވާނެ ކަމަށް އޮފިޝަލުން ލަފާކުރެ އެވެ.
އިނގިރޭސި ވިލާތުގެ ރައްޔަތުންނަށް ބޭނުންވާރަށް 40 މިލިއަން ޑޯޒް ވެކްސިނަށް މިހާރުވަނީ އޯޑަރު ދީފަ އެވެ. ނަމަވެސް އޮފިޝަލުން ލަފާކުރާ ގޮތުގައި ވެކްސިން އެއްކޮށް ލިބޭ ވަރުވާނީ އަންނަ އަހަރު އެވެ.