ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ މަލައިކާ އަރޯރާ އާއި އަމްރިތާ އަރޯރާ "އާރޯރާ ސިސްޓާސް"ގެ ނަމުގައި ސީރީޒެއް ގެނެސްދިނުމަށް ތައްޔާރުވެއްޖެ އެވެ.

"އަރޯރާ ސިސްޓާސް"ގެ ނަމުގައި ގެނެސްދޭ އެ ވެބް ސީރީޒްގައި މަލައިކާ އާއި އަމްރިތާ އަރޯރާގެ އާއިލާގެ ދިރިއުޅުމުގެ ވަށައިގެން އެނބުރޭއިރު، އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދުވަހުން ދުވަހަށް ކުރާ ހަރަކާތްތައްވެސް ފެނިގެންދާނެ އެވެ. މީގެ އިތުރުން، އެ މީހުންގެ އެންމެ ގާތް މީހުން ވެސް އެ ޝޯ އިން ފެންނާނެ ކަމަށްވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިސީރީޒް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ނެޓްފްލިކްސްއިންނެވެ.

ސުޕަ މޮޑެލްއެއްގެ ގޮތުގައި އާންމުންގެ ސަމާލުކަން ހޯދު މަލައިކާގެ ކެރިއަރުގެ ކުރީކޮޅު އޭނަ އެންމެ ބޮޑަށް މަޝްހޫރުވީ ބޮލީވުޑްގެ "އައިޓަމް ގާލް" އެއްގެ ގޮތުގަ އެވެ. އެގޮތުން ވަރަށް ގިނަ ފިލްމުތަކަށް އޭނަ އައިޓަމް ލަވަތަކެއް ކުޅެފައިވެ އެވެ.

މަލައިކާ، 48، އަކީ ސަލްމާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުން 1998 ގައި ކުރި ކައިވެނި ރޫޅައިލީ 2017 ގަ އެވެ. މަލައިކާ އޭނަ އަށް ވުރެ 11 އަހަރު ހަގު އަރުޖުންއާ ރައްޓެހިވީ 2018 ގަ އެވެ.

މަލައިކާ އަރޯރާ އަކީ މަޝްހޫރު ރިއަލިޓީ ޝޯތަކުގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

މަލައިކާގެ ހަމައެކަނި ކޮއްކޮ އަމްރިތާ އުމުރުން 44 ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކިތުނޭ ދޫރު، ކިތުނޭ ޕާސް"، "އާވާރާ ޕާގަލް ދީވާނާ"، "ގާލްފްރެންޑް"، "ފައިޓް ކްލަބް" އަދި "ގޯލްމާލް ރިޓާންސް" ހިމެނެ އެވެ.

މިހާރު ދެ ފިރިހެން ދަރިން ތިބި އަމްރިތާގެ ފިރިމީހާ އަކީ ވިޔަފާރިވެރިއެއް ކަމަށްވާ ޝަކީލް ލަޑަކް އެވެ. އެ ދެ މީހުން ކައިވެނިކުރީ 2009 ގަ އެވެ.

މަލައިކާ އާއި އަމްރިތާ ދަނީ ކަރީނާ ކަޕޫރާ އެކު 'ގަޓްސް' ކިޔާ ޝޯއެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. މަލައިކާ އާއި ކަރީނާ އަދި އަމްރިތާ އާއި ކަރިޝްމާ ކަޕޫރުގެ ދިރިއުޅުމުގެ ކަންތައް ފެންނާނެ އެ ޝޯ ދައްކާނީ ނެޓްފްލިކްސް އިންނެވެ.