މަޝްހޫރު މޮޑެލް ބެލާ ހަދީދް އޭނާގެ ސިއްހީ ހާލަތާ ގުޅޭ މުހިންމު ވާހަކަތަކެއް ހާމަކޮށް، ދާއިމީ އެކި ބަލިތަކުގެ ސަބަބުން އޭނާގެ ހަށިގަނޑަށާއި މޮޑެލިންގް ކެރިއަރަށް ކުރާ ފުން އަސަރުތައް ކިޔައިދީފި އެވެ.
އުމުރުން 30 އަހަރުގެ ބެލާ މި ވާހަކަތައް ހިއްސާ ކޮށްފައިވަނީ ދާދި ފަހުން "ހާޕާސް ބާޒާރް" އަށް ދިން އިންޓަވިއުއެއްގަ އެވެ.
ލައިމް ޑިޒީޒް ހަނގުރާމަ ކުރަމުންދާކަން މީގެ ކުރިންވެސް ހާމަ ކޮށްފައިވާ ބެލާ، މިފަހަރު ވަނީ އިތުރު ބަލިތަކެއްގެ ވާހަކަވެސް ކިޔައިދީފަ އެވެ.
އޭނާ ބުނި ގޮތުގައި، ލައިމް ޑިޒީޒްގެ އިތުރުން އޭނާއަށް ވަނީ ޕީއޯޓީއެސް، ޕީއެމްޑީޑީއެސް، އަދި އެންޑޯމެޓްރިސިސް ޖެހިފަ އެވެ. މިއީ އޭނާގެ ހަށިގަނޑަށް ވަރަށް ފުންކޮށް އަސަރުކުރާ ކަންތައްތަކެއް ކަމަށް ބެލާ ފާހަގަކުރި އެވެ.
ދައްތަ ޖީޖީ ހަދީދްގެ ފިޔަވަޅު މަތިން ހިނގަމުންދާ ބެލާ ބުނި ގޮތުގައި، މި ބަލިތަކުގެ ސަބަބުން މޮޑެލިންގް ދާއިރާގައި އޭނާއަށް ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހެ އެވެ.
ހަށިގަނޑުގެ ހަރަކާތްތަކާއި ރޫފަ މުހިންމު ދާއިރާއެއްގައި މަސައްކަތް ކުރާއިރު، ސިއްހީ ހާލަތު ކުއްލިއަކަށް ބަދަލު ވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
ބައެއް ފަހަރު ހާލު ރަނގަޅަށް ހުރުމަށްފަހު، ކުއްލިއަކަށް ވަރަށް ބޮޑަށް ހާލު ދެރަވާ ފަހަރުތައް އަންނަ ކަމަށް ބެލާ ބުންޏެވެ. ބައެއް ވަގުތުތަކުގައި ހަށިގަނޑާއި ސިކުނޑިއާ ދެމެދު ގުޅުން ކެނޑިފައިވާ ފަދަ އިހުސާސެއް ކުރެވޭ ކަމަށާއި، ފެޝަން ޝޯއެއް ފެށުމުގެ ކުރިން ބެކް ސްޓޭޖްގައި ނޭވާލާން އުނދަގޫވެ، ފުއްޕާމޭ ހަލާކުވާން އުޅޭ ފަދަ ބިރުވެރި ހާލަތްތަކާވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ހާމަކުރި އެވެ.
ދާއިމީ ބަލިތަކުގެ ސަބަބުން މަސައްކަތްތައް ކެންސަލް ކުރަން ޖެހޭ ފަހަރުތައް އައި ނަމަވެސް، ބެލާ ގެންދަނީ އޭނާގެ ސިއްހީ ހާލަތަށް ސަމާލުކަން ދީގެން، އަމިއްލަ އިންތައް ކަނޑައަޅައިގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ.
އަބަދު ފޯނުގައިތަ؟ ދަރިންގެ ވާހަކަ ދެއްކުމުގެ ހުނަރަށް އަސަރުކުރޭ
ގުޅުންތައް ނުރައްކާ މިސްރާބަކަށް ދާކަން ދެނެގެންނާނީ ކިހިނެއް؟
ބޭރުގެ އަސްކަރީ ހަރަކާތްތަކާ ދެކޮޅަށް އީރާންގެ އިންޒާރު