ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ނޭޕާލްގެ މައުންޓު އެވަރެސްޓުގެ އުސްމިން ބެލުމަށް އެންމެ ފަހުން ހެދި ހިސާބުތަކުން 0.86 މީޓަރު އުސްވެފައިވާ ކަމަށް ދައްކައިފި އެވެ.

ނޭޕާލާއި ޗައިނާއިން ގުޅިގެން އިއުލާނު ކޮށްފައިވާ މި އަދަދަކީ މީގެ ކުރިން ކަލްކިއުލޭޓް ކުރެވިފައިވާ ވަރަށް ވުރެ ބޮޑު އަދަދެކެވެ.

މިހާތަނަށް އެ ފަރުބަދައިގެ އުސްމިން ބެލުމުގައި ފަރުބަދައިގެ މަތީގައި ހުންނަ ސްނޯ ކެޕްތައް ހިމެނުމާ މެދު ގައުމުތަކުގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ.

މިހާރު އެރެސްޓްގެ އުސްމިން ކަމަށް ނިންމާފައިވަނީ 8،848.86 ސެންޓިމީޓަރު (29،032 ފޫޓު) އެވެ.

ޗައިނާއިން މީގެ ކުރިން އާންމުކޮށްްފައިވާ އަދަދު ކަމަށްވާ 8،844.43 ސެންޓިމީޓަރަކީ ނޭޕާލް އިން އާންމުކޮށްފައިވާ އަދަދަށް ވުރެ ހަތަރު މީޓަރު ކުރު އަދަދެކެވެ.

އެވަރެސްޓް ފަރުބަދަ ހުންނަނީ ޗައިނާ އާއި ނޭޕާލްގެ ބޯޑަރުގެ ދެމެދުގައި ކަމުން ދެ ގައުމުގެ މީހުން ވެސް އެ ފަރުބަދައަށް އަރާ އުޅެ އެވެ.

ނޭޕާލްގެ ފޮރިން މިނިސްޓްރީއާ ދެ ގައުމުގެ ޑިޕާޓްމަންޓް އޮފް ސާވޭގެ ބޭފުޅުން ވަނީ މިހާރު ކަލްކިއުލޭޓް ކުރެވިފައިވާ އުސްމިނަކީ ރަނގަޅު އުސްމިން ކަމަށް އެއްބަސްވެފަ އެވެ.

ރަސްމީ އަދަދުތަކުގައި ތަފާތުތަކެއް ހުންނަނީ ކީއްވެ؟

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މީގެ ކުރިން ބުނަމުން ދިޔައީ އުސްމިން ބަލާނީ ފަރުބަދައިގެ ކޮޅުގައި ހުންނަ ގާތަކާއި ހަމައަށެވެ. ނަމަވެސް ނޭޕާލް އިން ބުނަމުން ދިތައީ އެ އަދަދު ބަލާއިރު ފަރުވަދަ މަތީގައި ހުންނަ ސްނޯގެ އުސްމިން ވެސް ބަލަން ޖެހޭނެ ކަމަށެވެ.