ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ދަނީ އެ މީހުންގެ ފިލްމު "ބްރަހްމާސްޓްރާ"ގެ ކާމިޔާބީގައި އުފާކުރަމުންނެވެ. މިހާރު އާލިއާ އާއި ރަންބީރު ތައްޔާރުވަމުން އަންނަނީ އެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔުމަށެވެ.

އާލިއާ އާއި ރަންބީރުގެ ގިނަ ވާހަކަތަކެއް ހޯދުމަށް އެމީހުން ސަޕޯޓަރުން އަބަދުވެސް ބޭނުންވެ އެވެ. އަދި އެ މީހުންކުރާ ކިތަންމެ ކުޑަ ކަމެއް ވިއަސް ގިނަ ބަޔަކުގެ ސަމާލުކަން ލިބިގެންދެ އެވެ.

އާލިއާ ބަނޑުބޮޑުވީންސުރެ އޭނާގެ ބަނޑަށް އަންނަމުންދާ ބަދަލާއި ކާހިތްވާ އެއްޗިއްސާއި ބަލިވެ އިނުމުން ހަށިގަނޑަށް އަންނަމުންދާ ބަދަލަކީ ކޮންމެ ދުވަހަކު ނޫސްތަކަށް އަރާ ވާހަކަ އެވެ. މިފަހަރު ވެސް މިއުޅެނީ އެކަހަލަ ވާހަކަ އެކެވެ.

އާލިއާ ދަންވަރު ވަގުތުގައި އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މުމްބާއީގައި ހުންނަ ޕިއްޒާ ތަންތަނާ ބެހޭ ގޮތުން ވަނީ ސުވާލުކޮށްފަ އެވެ. އާލިއާގެ ސުވާލާއެކު އޭނާގެ ފޭނުން ވަނީ އެއަށް ޖަވާބު ދީފަ އެވެ. އަދި މުމްބާއީގައި ހުންނަ އެންމެ މީރު ޕިއްޒާ ލިބޭ ތަންތަނުގެ މައުލޫމާތު ވަނީ ހިއްސާ ކޮށްފަ އެވެ.

އާލިއާ ބުނީ އޭނާ ބޭނުންވަނީ އިޓާލިއަން ޕިއްޒާ ކަމަށެވެ. އަދި އޭނާއަށް އެންމެ މީރީ އިޓާލިއަން ޕިއްޒާ އެވެ.

އާލިއާ އިންސްޓަގްރާމްގައި ކުރި ޕޯސްޓް

ރަންބީރާއި އާލިއާ ކައިވެނިކުރީ މި އަހަރުގެ އެޕްރީލް 14 ގަ އެވެ. އަދި ދަރިޔަކު ލިބެން އުޅޭކަން އިއުލާންކުރީ ޖޫން 29 ގަ އެވެ. ބަލިވެއިނުމާ ގުޅިގެން އާލިއާ އިނީ ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގައިގެންނެވެ.