ވެރިކަން ކުރުމުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދުރަ މޯދީ އަކީ ލާމަސީލު މިސާލެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނާއުތް ބުނެފި އެވެ.

ކަންގަނާ މިފަދައިން ބުނީ، މޯދީގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން އޭނާގެ އިންސްޓަގްރާމުގެ ސްޓޯރީއަށްލީ ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި މޯދީ އާއި ކަންގަނާ ސަލާންކުރާ ފޮޓޯއެއް ފެންނައިރު، އޭނާ ވަނީ މޯދީއަށް ތައުރީފުގެ ބަސްތައް ވެސް ބުނެފަ އެވެ.

ކަންގަނާ ރަނާއުތް އަދި ނަރޭސްދުރަ މޯދީ. ފޮޓޯ: ޒީހިންދުސްތާން ލައިވް

އެގޮތުން އެންމެ ކުޑައިރު ރެއިލްވޭގައި ސައިފަތް ވިއްކުމުން ފެށިގެން، މުޅި ދުނިޔޭގައި ވެސް ހިމެނޭ އެންމެ ބާރުގަދަ މީހެއްގެ ގޮތުގައި މޯދީ ފާހަގަކޮށްލެވޭކަމަށް ކަންގަނާ ބުނެފައިވެ އެވެ. އަދި މޯދީއަށް ދިގު އުމުރެއް ދެއްވުމަށް ވެސް ކަންގަނާ އެދިފައިވެ އެވެ.

ކަންގަނާ އަކީ ބޮޑުވަޒީރު މޯދީއަށް ވަރަށް ބޮޑަށް ސަޕޯޓުކުރަމުންދާ ތަރިއެކެވެ. އަދި އިންޑިއާގެ ސަރުކާރުން އާންމުންނަށް އަންގާ ގަވާއިދުތަކާއި އުސޫލުތަކަށް އީމާންވެ، އަމަލު ކުރުމަށް ކަންގަނާ އަބަދުވެސް ގޮވާލާފައިވެ އެވެ.