ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކޮށް ކަލާޒް ޗެނަލުން ގެނެސްދޭ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 12 ވަނަ ސީޒަން ކޮރިއޯގްރާފު ތުޝާރު ކާލިއާ ކާމިޔާބުކޮށްފި އެވެ.

ކޮރިއޯގްރާފަރެއްގެ އިތުރުން ޑާންސް ޝޯތަކުގައި ޖަޖެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ތުޝާރު ކާމިޔާބުކުރީ ޓީވީ ތަރި މޯހިތު މަލިކް އާއި ސޯޝަލް މީޑިއާގެ ތަރި ފައިސަލް ޝައިހް (ފައިސޫ) ވާދަކޮށްގެންނެވެ.

ތުޝާރު މިޝޯ ކާމިޔާބުކުރުމުން ޓްރޮފީގެ އިތުރުން 20 ލައްކަ ރުޕީސް ( ގާތްގަނޑަކަށް 24500 ޑޮލަރު) އާއި މާރުތީ ސުޒުކީ ސްވިފްޓް ކާރެއް ވަނީ ލިބިފަ އެވެ.

ޝޯގެ ދެވަނަ އަކީ ކަލާޒްގެ "ޖަލަކް ދިކްލާ ޖާ 10" ގައި ވެސް މިހާރު ވާދަކުރަމުން އަންނަ ފައިސޫ އެވެ.

މި މަހުގެ 25 ވަނަ ދުވަހު ކަލާސް ޓީވީން ދެއްކި މި ޝޯގެ ގްރޭންޑް ފިނާލޭގައި ޝޯގައި ބައިވެރިވި 14 މެމްބަރުން ބައިވެރިވެފައިވެ އެވެ.

https://www.instagram.com/p/Ci-DYEJDmfm/

މި ޝޯގެ ގްރޭންޑް ފިނާލޭގައި ރޯހިތު ޝެޓީގެ ކުރިއަށް އޮތް ފިލުމު ''ސަރކަސް'' ގެ ކާސްޓުން ވެސް ބައިވެރިވެފަ އިވޭ އެވެ. އޭގެ ތެރޭގައި ރަންވީރް ސިންގް، ޕޫޖާ ހެޖް، ވަރުން ޝަރުމާ، ސަންޖޭ މިޝްރާ، ޖޯނީ ލެވާ ބައިވެރިވެފައިވެ އެވެ.

ތުޝާރު ޓްރޮފީ އާއެކު

"ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ "ފިއާ ފެކްޓާ" ގެ އިންޑިއާގެ ވާޝަނެވެ. އެގޮތުން "ހަތުރޯން ކޭ ކިލާޅީ" ގެނެސްދޭން ފެށީ 2008 އިން ފެށިގެންނެވެ.