ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންނަ ތަރައްގީ އާއި އާރްޓީއެލް ފެރީގެ ނިޒާމް ގާއިމްކޮށްފައި އޮތުމުން ބޮޑުތިލަދުންމައްޗަށް ނައިސް ދުނިޔެއަކަށް ދެން ނޯވެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ ނަންބޯޑު ދެން ބަދަލުކުރާތީ ބައިނަލްއަގުވާމީ ފެންވަރަށް އެތަން ތަރައްގީވުމުން ކަމަށެވެ.

"ހަނިމާދޫ އެއާޕޯޓަށް، ދެންވާނީ ކުރިން ވީގޮތެއް ނޫން. އެ މަޝްރޫޢަށް ބޭނުންވާ، 2.1 ބިލިއަން ރުފިޔާ ހަމަޖެހިއްޖެ. ކޮންޓްރެކްޓްގާ ސޮއިކޮށް މަސައްކަތް ޙަވާލުކުރެވިއްޖެ. ހަނިމާދޫގާ މިހާރު އޮތް 1.2 ކިލޯ މީޓަރުގެ ރަންވޭ، ދެން ބަދަލުވާނީ 2.46 ކިލޯމީޓަރުގެ ރަންވޭ އަކަށް. އެއީ އޭޝިއާގެ އިރުމައްޗާ، ދެކުނު އިރުމަތީ އޭޝިއާއިން، ސީދާ ފްލައިޓް އޮޕަރޭޓް ކުރެވޭނެ ރަންވޭއެއް. އަދި މެދުއިރުމައްޗާ، އިރުމަތީ އެފްރިކާ، ބޮޑު ތިލަދުންމައްޗާ ގުޅުވައިދޭނީ އެ ރަންވޭއިން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރަންވޭއަށް އަންނަ ތަރައްގީ ޓާމިނަލަށް ނުގެނެސް، ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލެއް ނުވާނެ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް، ޚިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލެއް، އަލުން އިމާރާތް ކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.

މާލެއިން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއަލީ ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހަނިމާދޫ އެއާޕޯޓަށް ގެންނަ ތަރައްގީއާ އެކު އަމިއްލަ ގައުމުން ހަނިމާދުއަށް އަންނަ ފަތުރުވެރިން، ބޮޑުތިލަންދުންމަތީގެ ރަށްތަކުގެ ހޮޓާތަކާއި ގެސްޓް ހައުސްތަކަށް އައިސް ގޮސްވެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކަމަށް ދުވެ-ދުވެ އެހުރި، އާރުޓީއެލްގެ ސީޓްތަކުގެ އަރާމުކަން ކުޑައެއް ނުވާނެ. ދުވެލި މަޑެއް ނުވާނެ، އަދި ޓިކެޓްގެ އަގު ބޮޑެއްވެސް ނުވާނެ. އޭރުން މިއަވީގާ ޖެހިލާ، މިރަށްރަށުގެ ހިމުން ދޮންވެއްޔާ އެކުވެލަން، ބޮޑު ތިލަދުންމައްޗަށް ނައިސް ދުނިޔެއަކަށް ނޯވެވޭނެ،" ރައީސް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓަށް ގެންނަ ތަރައްގީއާ އެކު ބޮޑު ތިލަދުންމަތީގެ މަސްވެރިންނަށް ބޮޑުކަންނެލި އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.

"ބޮޑުތިލަދުންމައްޗަށް މިގެންނަ ބޮޑު ބަދަލު، މިހާތަނަށް ނައިސް އޮތް އެންމެ އަސާސީ ސަބަބަކީ، ހަނިމާދޫ އަށް ވެފައި އެއޮތް ގޮތް. އެހެން ނަމަވެސް އިރާދަ ކުރެއްވިއްޔާ އެބަދަލު އަންނާނީ، އަދި ގެންނާނީ، މިހާރު ބޮޑު ތިލަދުންމައްޗަށް މިގެންނަ ބޮޑު ބަދަލާއެކު،"