މުދިމަކު ނެތި އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން، ކ. ގުރައިދޫގައިވާ މަސްޖިދުލްއިޚާ މިސްކިތަށް މުދިމަކު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު ވަނީ އެރަށު މިސްކިތުގެ މުދިމުގެ ވަޒީފާގެ މަގާމަށް މީހުން މިހާރު އިންޓަވިއުކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. އޭގެ ތެރެއިން ދެ މީހަކީ މަގާމަށް ޝަރުތު ހަމަވާ މީހުން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެހެންކަމުން އެ ރަށުގެ މިސްކިތަށް މުދިމަކު ހަމަޖެއްސުމުގެ މަސައްކަތް ވަރަށް އަވަހަށް ހަމަޖެއްސޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން އެ ރަށު ކައުންސިލަށް އަންގާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ގުރައިދޫގައި ދެ މިސްކިތެއް ހުންނައިރު، އެއީ އެ ރަށުގެ ބޮޑު މިސްކިތާއި މަސްޖިދުލްއިޚާ މިސްކިތެވެ. މަސްޖިދުލްއިޚާގައި 400 މީހުނަށް އެއްފަހަރާ ނަމާދު ކުރެވޭ ޖާގަ ހުރެ އެވެ.
 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 "ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
			"ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
		 ބީޓީއެސް އިންޑިއާއަށް އަންނަނީ!
			ބީޓީއެސް އިންޑިއާއަށް އަންނަނީ!
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					 
					
ނޫސްވެރިޔާ ތިޔަބުނީ އަދި މުޅިން ރަނގަޅަކަށް ނޫން.. ވަގުތީ މުދިމަކު ނެތްއިރެއްނުދޭ، ފަސްވަގުތު ބަންގިގޮވާ ނަމާދު ނުކުރާ އިރެއްނުދޭ، މީ ދެއްތޮ މުހިންމު ކަމަކީ... ދާއިމީ މުދިމަކު ލަސްވަނީ ތަޖުރިބާ ހުރި ޝަރުތު ހަމަވާ ބަޔަކު އެދިފަ ތިއްބާ، ތަޖުރިބާ ނެތް ވަކިމީހަކު ހަމަޖައްސަން ކައުންސިލުން އުޅެނީ ކަމަށް ތުންތުންމަތިން ޚަބަރުތައް އިވެނީ، ދޮގުތެދު ދެނެވޮޑިގެންވާނީ މިސްކިތްތަކުގެ ވެރި ﷲ އެހެން ނޫންތޯ...؟