ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފި އެވެ.
މެޓް އޮފީހުން އެންމެ ފުރަތަމަ ހުދު ސަމާލު ނެރެފައިވަނީ ހަމައެކަނި އުތުރުގެ އަތޮޅުތަކަށެވެ. ނަމަވެސް އެ ސަމާލުގެ މުއްދަތު ހަމަވުމާ ގުޅިގެން، މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ބަލައި މިހާރު ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ހުދު ސަމާލު ވަނީ ނެރެފަ އެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެ އެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 16:30 އާ ހަމައަށެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތް ހާމަކުރަމުން އެ އިދާރާއިން ބުނީ، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބުތަކަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށެވެ. އަދި ހާއްސަކޮށް އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓުން ފާހަގަކުރި އެވެ. އެހެންނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މިއަދު އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ވައި އެނބުރި މަޑުން ޖެހޭނެ ކަމަށާއި، އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
ހުއްޓިފައި އޮތް ވޯޓާ ޕާކް، ރިސޯޓަކާ އެކު އަލުން ތަރައްގީކުރަނީ
އެމްއޭސީއެލް މުވައްޒަފުންނަށް ބޯނަސް ދޭން އޭޖީއެމްއިން ނިންމައިފި
8 ގަޑިއިރު އުސޫލުގެ ސަބަބުން ފިލްމުތައް ގެއްލޭ: އަކްޝޭ