މަޝްހޫރު ކްރައިމް ތުރިލާ ފިލްމު ސިލްސިލާ "ދްރިޝްޔަމް"ގެ އެންމެ ފަހު ބައި، "ދްރިޝްޔަމް: ދަ ކޮންކްލޫޝަން" އޯޓީޓީ ޕްލެޓްފޯމުގައި ދައްކަން ފަށާ ތާރީހު ހާމަކޮށްފި އެވެ.
ވިޖޭ ސަލްގާންކަރްގެ ކެރެކްޓަރ އަލުން ފެނިގެންދާ މި ފިލްމަކީ، ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު، ބެލުންތެރިން އެންމެ އިންތިޒާރުކުރާ ޑިޖިޓަލް ޕްރީމިއާއަށް ތައްޔާރު ވެފައިވާ ފިލްމެކެވެ.
އަޖޭ ދޭވްގަން، ތޮބޫ، ޝްރިޔާ ސަރަން، ޖައިދީޕް އަހްލާވަތު، ޕްރަކާޝް ރާޖް، ރަޖަތު ކަޕޫރު، އިޝީތާ ދައްތާ އަދި މްރޫނާލް ޖާދަވް ފެނިގެންދާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަބީޝެކް ޕާތަކް އެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ކުމާރު މަންގަތު ޕާތަކް، އަބީޝެކް ޕާތަކް، އާލޮކް ޖެއިން އަދި އަޖިތު އަންދަރޭ އެވެ.
"ދްރިޝްޔަމް: ދަ ކޮންކްލޫޝަން" ވަނީ އިއްޔެއިން ފެށިގެން މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމް ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށާފަ އެވެ.
ވިޖޭ ސަލްގާންކަރް ފުރަތަމަ ފަހަރަށް ނިޒާމަށް މަކަރު ހަދައި ސަލާމަތްވިތާ 11 އަހަރު ފަހުން އަންނަ މި ފިލްމަކީ، އެ ސިލްސިލާގެ ނިންމުން ގެނެސްދޭ ބައެވެ.
ސަލްގާންކަރް އާއިލާގެ ދުނިޔެއަށް ބެލުންތެރިން އަލުން ގެންގޮސްދޭއިރު، ކޮންމެ ނިންމުމަކުންވެސް ދާއިމީ ނަތީޖާތަކެއް ނުކުމެދާނެ ހާލަތްތަކެއް މި ފިލްމުގައި ފެނިގެންދެ އެވެ.
11 އަހަރު ވަންދެން އެހެން މީހުންނަށްވުރެ އެއް ފިޔަވަޅު ކުރީގައި ހުރުމަށްފަހު، މިފަހަރު ވިޖޭ އާ ކުރިމަތިލާން ޖެހެނީ އޭނާއަށް ލިބޭ އެންމެ ވަރުގަދަ ގޮންޖެހުމާ އެވެ.
ހީވެސް ނުކުރާ ފަދަ ބަދަލުތަކާއި، ފޮރުވިފައިވާ ހެކިތަކާއި، ހުރިހާ ކަމަކާ މެދު ސުވާލު އުފައްދާ ފަދަ މަންޒަރުތަކުން ފުރިފައިވާ މި ފިލްމަކީ، ބައެއް ފަހަރު އެންމެ ކުޑަ ހެކިން އެންމެ ބޮޑެތި ޖަވާބުތައް ލިބޭކަން ދައްކުވައިދޭ ފިލްމެކެވެ.
ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުން ދިވެއްސަކު ހައްޔަރުކޮށްފި
ވައި ނުސާފު ވުމުން ދަރިމައިވުމުގެ ސިއްހަތަށް އަސަރު ކުރޭތަ؟
އިލްޔާސް އިބްރާހިމަށް މާލީ އިނާޔަތް ދިން މައްސަލަ ބަލަން އެދިއްޖެ