ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް މުމްބާއީން އަގުބޮޑު ފްލެޓެއް ގެނެފި އެވެ.

މުމްބާއީގެ ލޯވާ ޕަރެލްގައި ހުރި ލަގްޒަރީ ފްލެޓް މަދޫރީ ގަނެފައިވަނީ 48 ކްރޯޑް ރުޕީސް އަށެވެ.

މިފްލެޓުން މޫދުގެ މަންޒަރުތައް ފެނިގެންދާއިރު މިފްލެޓް މަދޫރީ ގަނެފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

މި ފްލެޓްގެ ބޮޑުމިނުގައު 5،384 އަކަފޫޓު ހުންނައިރު ޕާކިން ހަތް ޖާގަ ވެސް ހުރެ އެވެ.

މިއަހަރުގެ މާޗް މަހު ވެސް މަދޫރީ ވަނީ މުމްބާއީން އެޕާޓްމަންޓެއް ގަނެފަ އެވެ. ބަތަލާ ވަނީ އޭނާގެ ފިރިމީހާ ޝްރީރަމް ނޭނޭ އާއި ދެ ފިރިހެން ދަރިންނާ އެކު ސީ ވިއު ހައުސްއަކަށް ބަދަލުވެފަ އެވެ.

މީގެއިތުރުން މަދޫރީ އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "މަޖާ މާ" ޕްރޮމޯޓް ކުރަމުންނެވެ. މިފިލްމަކީ އަނަންދު ތިވާރީ ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ އާއިލީ ފިލްމެކެވެ. އަދި އިންޑިއާގެ ކައިވެންޏެއް ކުރިއަށްދާ ގޮތް މިފިލްމުގައި ފެނިގެންދާނެ އެވެ. މިފިލްމުގެ ކާސްޓުންގެ ތެރޭގައި ގަޖްރާޖް ރާއޯ، ރިޓްވިކް ބޯމިކް، ބާރޚާ ސިންގް، ސްރިޝްތީ ޝްރިވާސްތާވާ، ރާޖިތު ކަޕޫރު، ޝީބާ ޗައްދާ، ސިމޯން ސިންގް، މަލްހާރު ތަކަރު، އަދި ނިނާދު ކަމަޓް ހިމެނެ އެވެ.