ކްރިކެޓް ކުޅެން ނޭނގޭތީ ބޮލިވުޑްގެ މަޝްހޫރު ތަރި ޖާންވީ ކަޕޫރަށް އާންމުންގެ ފާޑުކިޔަން އަމާޒުވެއްޖެ އެވެ.

ޖާންވީ ކްރިކެޓް ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، ޖާންވީ ކްރިކެޓްގެ ޕްރެކްޓިސް ކުރަން ފަށާފައިވަނީ، އޭނާގެ ކުރިއަށް އޮތް ފިލްމަށް ތައްޔާރުވުމަށްޓަކަ އެވެ.

އެގޮތުން ޖާންވީގެ ކުރިއަށް އޮތް ފިލްމުގައި އަންހެނުންގެ ކްރިކެޓް ޓީމަށް ކުޅޭ މޮޅު ކުޅުންތެރިއެއްގެ ރޯލުން ޖާންވީ ފެނިގެންދާނެ އެވެ.

އެ ރޯލަށް ފަރިތަވުމަށްޓަކައި ޖާންވީ ކްރިކެޓް ކުޅެން ދަސްކުރަމުންދާއިރު، އޭނާ ކްރިކެޓް ކުޅޭ ގޮތާއިމެދު އާންމުން ދަނީ ފަޑުކިޔައި މަލާމާތް ކުރަމުންނެވެ. އެގޮތުން ސްޓާކިޑްސް އަރުވައިގެން ފިލްމު ކުޅެން ފެށިނަމަވެސް، އެފަދައިން ކްރިކެޓް ކުޅެން އަރުވައިފިނަމަ، ކްރިކެޓްގެ ސަބަބުން އިންޑިއާއަށް ލިބިފައިވާ ރީތި ނަން ކެނޑިގެން ހިނގައިދާނެކަމަށް އާންމުން ބުނެފައިވެ އެވެ.

އެހެންނަމަވެސް ޖާންވީ ކްރިކެޓް ދަސްކުރަން ގަދައަޅައި މަސައްކަތް ކުރާތީ އެކަން ފާހަގަކޮށް އޭނާގެ ބައެއް ސަޕޯޓަރުން ހިތްވަރުދީފައިވެސްވެ އެވެ.

ޖާންވީގެ ފިލްމުގެ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް ޖާންވީ ފެނިގެންދާނީ، "ބޮމްބޭ ގާލް" އިންނެވެ. އަދި ރާޖްކުމާރް ރާއޮ އާއެކީ "މިސްޓާ އެންޑް މިސްސް މާހީ" އިންވެސް ޖާންވީ ފެނިގެންދާނެ އެވެ.

ގިނަ ބައެއްގެ މަގުބޫލުކް ހޯދާފައިވާ ޖާންވީ އަކީ ސޯޝަލްމީޑިއާގައި އެކްޓިވްކޮށް އުޅޭ ފަންނާނެކެވެ. ޖާންވީ ދަނީ އިންޑަސްޓްރީގައި އޭނާގެ މަންމަގެ ރޯލު އަދާކުރަމުން ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.