ޕެރިސް (11 ޑިސެމްބަރު) - ފްރާންސްގެ ސެނޮފީ އަދި އިނގިރޭސި ވިލާތުގެ ގްލެކްސޯ ސްމިތް ކްލައިން (ޖޭއެސްކޭ) އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ލިބުން އަންނަ އަހަރަށް ލަސްވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސެނޮފީން ބުނިގޮތުގައި އެކުންފުނިން އުފެއްދި ވެކްސިންގެ ކްލިނިކަލް ޓްރްޔަލް ނަތީޖާތަކުން ކޮވިޑް ވައިރަސް ހުއްޓުވުމަށް އެންމެ އެކަށޭނެ މިންވަރަށް މަސައްކަތްކުރާ ކަމަށް ނުދައްކާތީ މި ޓެސްޓްތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ވެކްސިންގެ އިތުރު ޓެސްޓްތަކެއް އަންނަ އަހަރު ފެއްޓުމަށް ޕްލޭންކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެކްސިން ދިން މީހުންގެ ތެރެއިން 18 އަހަރާއި 49 އަހަރުގެ މީހުންނަށް ވެކްސިންގެ އަސަރުކުރި މިންވަރު ރަނގަޅު ކަމަށާއި އެއަށްވުރެ ދުވަސްވީ މީހުންނަށް ދެވުނު ވެކްސިންގެ ނަތީޖާތައް އެންމެ ރަނގަޅު ނޫން ކަމަށް ސެނޮޕީން ބުންޏެވެ. ދެން ފަށާ ފޭސްގައި މިހާރު ބޭނުންކުރުމަށް ހުއްދަދީފައިވާ ވެކްސިންއަކާ އާޅާކިޔާނެ އެވެ. އަދި ޑޭޓާތައް ރަނގަޅުނަމަ އަންނަ އަހަރު މެދު ތެރޭގައި މާސް ޓްރަޔަލް ފެށުމަށް ޕްލޭންކޮށްފައިވެ އެވެ.

މި ހަފްތާ ތެރޭގައި ފައިޒާ އަދި ބަޔޯ އެން ޓެކުން އުފެއްދި ވެކްސިން އިނގިރޭސިވިލާތުގައި ވަނީ ބޭނުންކުރުމަށް ހުއްދަދީ އަދި ބޭނުންކުރަން ފަށާފަ އެވެ. މީގެ އިތުރުން މި ވެކްސިން ބޭނުންކުރުމުގެ ހުއްދަދިން ގައުމުތަކުގެ ތެރޭގައި ކެނެޑާ، ބަހްރެއިން ހިމެނެ އެވެ. އަދި އެމެރިކާގައި ވެކްސިން ބޭނުންކުރުމަށް ހުއްދަދޭން ފެންނަ ކަމަށް އެފްޑީއޭގެ ކޮމެޓީއިން ވަނީ ނިންމާފަ އެވެ. -- ބީބީސި