(12 ޑިސެމްބަރު) ޓައިވާންގެ ކަރަންޓީން ފެސިލިޓީއެއްގައި ހުރި ޕިލިޕީންސް މީހަކު ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅުމުން 3،500 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ޓައިވާންގައި މަސައްކަތްކުރާ ޕިލިޕީންސްގެ އެ މީހާ ކަރަންޓީން ކޮށްފައި ހުރި ކޮޓަރިން ބޭރަށް ފިޔަވަޅެއް އެޅިތަން ވަނީ އެ ހޮޓެލްގެ ކެމެރާއަށް އަރާފަ އެވެ. އަދި ފަހުން ހޮޓެލުގެ ސްޓާފަކު ޑިޕާޓްމަންޓް އޮފް ހެލްތަށް އެ މައްސަލަ އެންގުމުން އެ ޑިޕާޓްމަންޓުން ވަނީ އެ މީހާ 100،000 ޓައިވާން ޑޮލަރު (3،500 ޔޫއެސް ޑޮލަރު) ޖޫރިމަނާ ކޮށްފަ އެވެ.

އެއްވެސް ބޭނުމަކު ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ވެސް ކޮޓަރިން ބޭރަށް ނުނިކުންނަށް ވަނީ އަންގާފަ އެވެ.

ޓައިވާންގެ ކަރަންޓީން ގަވާއިދާ އަމަލު ނުކުރާ މީހުންނަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާނެ ކަމަށް އެގައުމުގެ ހެލްތް ޑިޕާޓްމަންޓުން ވަނީ އަންގާފަ އެވެ.

ޓައިވާންގައި 56 ހޮޓަލުގެ 3،000 ކޮޓަރި ކަރަންޓީން ރޫމް ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ. ސީއެންއެން