ވިޔަފާރިއާ ގުޅުންހުރި ގިނަ މަސައްކަތް ތަކެއް އެއް ވިއުގައިން ގުޅާލަން، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރި އަށް ގެންދަން ބީލަމަށްލި 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) ގެ ނެޝަނަލް ސިންގަލް ވިންޑޯ މަަޝްރޫއުގެ ހަވާލުކުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށް ފިނޭސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ހުސައިން ހަމީމް ވިދާޅުވީ އޭޑީބީން އެ މަޝްރޫއު ހުއްޓުވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.
އޭނާ ވިދާޅުވީ އޭޑީބީގެ އެންޓި ކޮރަޕްޝަން ޕޮލިސީއާ ހިލާފުކަމެއް އެކަމުގައި ކޮށްފައިވާކަން އެ ބޭންކަށް ނުބެލެވޭ ކަމަށެވެ. އަދި އެ މަޝްރޫއުގެ ބީލަމުގެ މަރުހަލާގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާކަން އެ ބޭންކުން އަންގާފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ.
އިމްޕޯޓް އަދި އެކްސްޕޯޓްގެ މަރުހަލާގައި ދޭ ހިދުމަތްތައް އެއް ވިއުގައަކުން ގުޅާލަން ކުރިއަށް ގެންދަން ނިންމާފައިވާ "ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއު" ފިނޭންސް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ވެބް ފޮންޓެއިން އޭޝިއާގެ ނަމުގައި ފިލިޕީންސްގައި ހިންގާ ކުންފުންޏަކާ އެވެ.
ނަމަވެސް އެ ކުންފުނީގެ ބިޑް ބާތިލްކޮށް އަލުން ބިޑަށްލުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.