ގްލޯބަލް ޑޭޓާ އެންޑް އެނެލިސިސް ޕްލެޓްފޯމަކުން އެއްކުރި ތަފާސް ހިސާބުތަކުން ދުނިޔޭގެ އެންމެ މަގުބޫލު 25 އިންސްޓަގްރާމް އިންފުލުއެންސަރުންގެ ތެރޭގައި އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ ހިމެނިއްޖެ އެވެ.

މި ރިޕޯޓުގައި މަޝްހޫރު 1،000 އިންސްޓަގްރާމް އެކައުންޓުގެ އޯޑިއަންސް ކޮލިޓީ އާއި އޯތެންޓިކް އެންގޭޖްމެންޓްގެ އިތުރުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތް ބަލާފައިވެ އެވެ.

މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ބިޔޯންސޭ އާއި ޖެހިގެން 11 ވަނައިގައި ވިރާޓް ކޯލީ އޮތް އިރު އަނުޝްކާ އޮތީ 24 ވަނައިގަ އެވެ. ޓެއިލާ ސުވިފްޓާގައި ޖަސްޓިން ބީބާ ވެސް އުޅެނީ އެއަށްވުރެ ފަހަތުގަ އެވެ.

އަނުޝްކާ އާއި ވިރާޓްގެ ކައިވެންޏަށް މީގެ ދެ ދުވަހެއް ކުރިން ތިން އަހަރުވެފައިވާ އިރު އެ ދެމީހުން ގެންދަނީ އަލަތު ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ.