ކްރިތީ ސަނޯން އާއި ޕްރަބާސްގެ އިތުރުން ސައިފް އަލީ ޚާން އެކީގައި ކުޅުނު ފިލްމު "އަދިޕުރުޝް" ރިލީޒްކުރާ ތާރީހު އަނެއްކާ ވެސް ފަސްކޮށްފި އެވެ.
ހިންދޫ ދީނުގެ ވާހަކަތަކަށް ބިނާކޮށް އެ ފިލްމު ކުޅޭއިރު، ފިލްމުގެ ޕްރޮޑަކްޝަނުން އެ ފިލްމުގެ ޓީޒާ ދައްކައިލީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. ފިލްމުގެ ބަތަލެއްގެ ރޯލު ކުޅެނީ ޕްރަބާސް އެވެ. އަދި ބަތަލާގެ ރޯލު ކްރިތީ ކުޅޭއިރު، ފިލްމުގައި ނެގެޓިވް ރޯލަކުން ސައިފް ފެނިގެންދާނެ އެވެ.
މަޝްހޫރު، އަދި ކާމިޔާބު ފިލްމުތައް ކުޅެދީފައިވާ ފަންނާނުން އަދިޕުރުޝް ކުޅުނު ނަމަވެސް ފޭނުންނަށް އެ ފިލްމުގެ ޓީޒާ އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަޅުތާލުކޮށްފައިވެ އެވެ. އެގޮތުން ފިލްމު ނުދައްކައި ބޮއިކޮޓް ކުރުމަށްވެސް އާންމުން ދިޔައީ ގޮވާލަމުންނެވެ.
އާންމުން ފިލްމަށް އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ ފިލްމުގެ ވީއެފްއެކްސް ގެނެސްދީފައިވާ ގޮތަށެވެ. ހަމައެހެންމެ ހިންދޫ ދީނުގެ އުސޫލުތަކާއި ޚިލާފުވެފައިވާ ކަމަށް ބުނެވެސް އާންމުން ފާޑުކިޔާފައިވެ އެވެ.
އެއާއެކު ފިލްމުގެ ޕްރޮޑަކްޝަނުން ވަނީ ފިލްމު ނެރުން ލަސްކޮށްފަ އެވެ. އެ ފިލްމް އެންމެ ފުރަތަމަ ނެރުމަށް ހަމަޖެހިފައި އޮތީ އޮގަސްޓް މަހު އެވެ. އެހެން ނަމަވެސް އެ ފިލްމް ރިލީޒްކުރާ ތާރީހު އަންނަ އަހަރުގެ ޖެނުއަރީ އަށް ބަދަލުކުރުމަށް ފަހު އަނެއްކާވެސް ވަނީ ޖޫން މަހު ނެރުމަށް ނިންމާފަ އެވެ.
"ހޯމްބައުންޑް"ގެ މައްސަލާގައި ދަރްމާއަށް ދައުވާ ކުރަނީ!
ކުއްޖަކު މަރާލި17 އަހަރުގެ ކުއްޖާ 13 އަހަރަށް ބަންދުކުރަން ހުކުމް
ޕްރައިމަރީ ނުބާއްވައި ފުވައްމުލަކު މޭޔަރު ކަމުގެ ޓިކެޓް މަސީހަށް
