އއ. ފެރިދޫގެ ހުރިހާ ކައުންސިލަރުން ވެސް ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކޮށްފި އެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެރަށު ހުރިހާ ކައުންސިލަރުން އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ވަނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ފޯމު ހަވާލުކުރައްވާފަ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ކައުންސިލަރުން މިއަދު ވަނީ 50 މެންބަރުންގެ މެންބާޝިޕް ފޯމް އެ ޕާޓީގެ ޗެއާޕާސަނާ ހަވާލުކުރައްވާފަ އެވެ.
ފެރިދޫ ކައުންސިލްގެ ރައީސަކީ އިސްމާއީލް ޝާހުއެވެ. ނައިބު ރައީސަކީ އަހުމަދު ނާޒިރެވެ. ކައުންސިލްގެ އަންހެން މެންބަރުންގެ ގޮތުގައި ތިއްބަވަނީ އާމިނަތު ދޫމާ އާއި މަރިޔަމް އާހިދާ އެވެ. ދެން އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ކައުންސިލް މެންބަރު ޒާހިރު ނަސީރެވެ.
މިދިޔަ މަހު ޓޫރިޒަމަށް 2.1 ޕަސެންޓްގެ ކުރިއެރުމެއް
މަގު ހުރަސްކުރި މީހާގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓެއް
