ބްރެޒިލުން ރާއްޖެ އައި މީހެއްގެ އަތުން 15 މިލިއަން ރުފިޔާގެ ކޮކެއިން ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެ މަސްތުވާތަކެތި އެތެރެކުރީ މި މަހުގެ ނުވަ ވަނަ ދުވަހު ބްރެޒިލުން ރާއްޖެ އައި އެ ގައުމުގެ އުމުރުން 29 އަހަރުގެ އަންހެނަކު ކަމަށެވެ. އަދި އޭނާ ގެނައި ލަގެޖުގައި ޝައްކު ކުރެެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ފާސްކުރީ ކަމަށާއި އެ ތަކެތި އިތުރަށް ބަލައި ތަހުލީލު ކުރިއިރު ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 460.4 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 15 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސްއިން ލަފާކުރެ އެވެ.

މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 10 ވަނަ ފަހަރެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިން ވަނީ އަތުލައިގަނެފަ އެވެ. މި މައްސަލައިގައި އެ މީހާއާއި މަސްތުވާކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.