މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބު އަންނަ މަހު 10 ގައި ބާއްވަން ނިންމައިފި އެވެ.
ހޯމް މިނިސްޓްރީން ބުނީ އެ ކައުންސިލުގެ ގާނޫނުގެ 4 ވަނަ މައްދާގެ ދަށުން އިންތިހުބުކޮށްފައިވާ މީޑިއާ ކައުންސިލްގެ މި ދައުރުގެ މުއްދަތު އަންނަ މަހުގެ 14 އަށް ހަމަވާތީ ކައުންސިލަށް އަލުން މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އަންނަ މަަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ސޯޝަލް ސެންޓަރުގައި ނިންމާފައިވާ ކަމަށެވެ.
މީޑިއާ ކައުންސިލްގެ އިންތިހުބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ.
އެމްއެމްސީގެ މި ދައުރުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރެއްގެ އިންތިހާބީ މުއްދަތު އަންނަ މަހު 14 އަށް ހަމަވާނެ އެވެ.
"ދަ ސިމްޕްސަންސް"އިން ފައިނަލްގެ ދެ ޓީމު ދިމާ ކުރީތަ؟
ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި އޭޓީއެމް ސެންޓަރެއް
"ނިއުސެލިކް އެސިޑް ޓެސްޓް" ކުރަން ފަށަނީ