ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ޑައިރެކްޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމު "ބޯލާ" ގެ ޓީޒާއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

"ބޯލާ"ގެ ޓީޒާ އާންމުކޮށްފައިވާއިރު މިފިލްމުގައި ލީޑު ރޯލުން ފެނިގެންދަނީ އަޖޭ އާއި އޭނާގެ އެންމެ ގާތްއެކުވެރިޔާ ތާބޫ އެވެ.

މި ފިލްމަކީ 2019 ވަނަ އަހަރުގެ ކާމިޔާބު، ތަމަޅަ އެކްޝަން ތުރިލާ "ކައިތީ"ގެ ރިމޭކެކެވެ.

އެ ފިލްމުގައި ދައްކަނީ ވަގަށް މުދާ އެތެރެކުރާ ގޭންގަކުން ފުލުހުންނަށް ހަމަލާދޭން މަސައްކަތްކުރުމުން، ގައިދީއަކު ފުލުހުނަށް އެހީވާ މަންޒަރެވެ. އޭގެ ފަހުން، ފުލުހުން އެ މީހާ އަށް އޭނާގެ ދަރިފުޅާ ބައްދަލުވުމަށް އެހީވާ މަންޒަރު ވެސް ފެނެ އެވެ.

މި ފިލްމުގެ ޓީޒާ މިހާތަނަށް އައިރު 12 މިލިއަން މީހުން ވަނީ ބަލާފަ އެވެ.

https://www.youtube.com/watch?v=W5p0DjFoOTA

މި ފިލްމްއަކީ އަޖޭ އާއި ތާބޫ އެކުގައި ފެނިގެންދާ 9 ވަނަ ފިލްމެވެ.

މި ފިލުމްގައި ތާބޫ ފެނިގެންދާނީ ފުލުހުންގެ މަތީ ރޭންކްގެ އޮފިސަރެއްގެ ގޮތުގަ އެވެ. އަދި މި ފިލްމުގައި ތައްބޫގެ އެކްޝަން މަންޒަރުތަކެއް ވެސް ފެނިގެންދާނެ އެވެ. ފިލްމު ސިނަމާތަކަށް ގެންނަން މަސައްކަތްކުރަނީ އަންނަ އަހަރު މާރިޗު މަހު އެވެ.

އަޖޭގެ ފުރަތަމަ ޑައިރެކްޝަނަކީ 2008 ގެ ފިލްމު "ޔޫ މީ އޮރް ހަމް" އެވެ. އެއަށްފަހު 2016 ވަނަ އަހަރުގެ ފިލްމު "ޝިވާއީ" އަކީ އަޖޭގެ 2 ވަނަ ޑައިރެކްޝަނެވެ.

އޭނާ އެންމެ ފަހުން އަމިއްލައަށް ޑައިރެކްޓްކޮށް ލީޑް ރޯލް ކުޅެފައިވަނީ މިއަހަރު ނެރުނު ފިލްމު ރަންވޭ 34 ގައެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ދްރިޝްޔަމް 2" ގައި ވެސް އަޖޭ އާއި ތާބޫ ފެނިގެންދެ އެވެ. އެ ފިލްމަށް މިހާތަނަށް އައިރު 90 ކްރޯޑު ރުޕީސްގެ އާމްދަނީއެއް މިހާތަނަށް ވަނީ ލިބިފަ އެވެ.