އަޖޭ ދޭވްގަން އާއި ތާބޫ ފެނިގެންދާ "ދްރިޝްޔަމް 2" އަށް 100 ކްރޯޑު ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހަފްތާއެއް ތެރޭގައި ލިބިއްޖެ އެވެ.

މިމަ މަހުގެ ހަފްތާއެއް ތެރޭ 100 ކްރޯޑު ރުޕީސްއަށް ވުރެން ބޮޑު އާމްދަބީއެއް ލިބުނު "ދްރިޝްޔަމް 2" އަކީ 2015 ވަނަ އަހަރު ގެނެސްދިން "ދްރިޝްޔަމް"ގެ ސީކުއެލް އެކެވެ.

އެ ފިލްމަށް ލިބެމުން އަންނަ ތަރުހީބާއެކު ހެނދުނާއި ދަންވަރުގެ ޝޯތަކާއި ފިލްމު ދައްކާ ސްކްރީންތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. މިއީ ހިންދީ ގިނަ ފިލުމުތަކަށް ފްލޮޕްވުމުގެ ސިލްސިލާއެއް ކުރިއަށް ދަނިކޮށް ރިލީޒްކުރި މި ފިލްމަށް އަންނަނީ ހީނުކުރާވަރުގެ ތަރުހީބެއް ލިބެމުންނެވެ.

އަޖޭގެ އިތުރުން ތާބޫ، އަކްޝޭ ކަންނާ، ޝްރިޔާ ސަރަން އަދި އިޝިތާ ދައްތާ ވެސް މުހިއްމު ރޯލުތަކުން ފެނިގެންދެ އެވެ.

"ދުރިޝަމް 2" އަށް މިހާތަނަށް ވަނީ އާމްދަނީގެ ގޮތުގައި 142.13 ކްރޯޑް ރުޕީސް (17.4 މިލިއަން ޑޮލަރު) ލިބިފަ އެވެ. "ދުރިޝަމް 2" ހެދީ 50 ކްރޯޑް ރުޕީސް (6.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

https://www.youtube.com/watch?v=-DZ9r8ukgCg

މިއީ ކޮވިޑަށް ފަހު ބޮލީވުޑްގެ ފިލްމަކަށް މިހާ ބޮޑު ތަރުހީބެއް ލިބޭ ފުރަތަމަ ފަހަރެވެ. ބައެއް އެނަލިސްޓުން ލަފާކުރާ ގޮތުގައި ސިނަމާތަކުން ފިލްމު ނަގާއިރު ދުނިޔޭގެ އާމްދަނީގެ ގޮތުގައި އެ ފިލްމަށް 300 ކްރޯޑު ލިބޭނެ އެވެ.

އަޖޭގެ "ދުރިޝަމް" ގެ ފުރަތަމަ ބައި ގެނެސްދިނީ 2015 ގަ އެވެ