ސްޕެއިންގެ މަޝްހޫރު ކްލަބު، ބާސެލޯނާއިން ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓަށް މަރުހަބާ ކިޔައިފި އެވެ.

ބާސެލޯނާއިން އާލިއާ އާއި ރަންބީރަށް މަރުހަބާ ކިޔާފައި މިވަނީ އެ މީހުންނަށް ލިބުނު އަލަތު ދަރިފުޅަށް ކިޔާ ނަން އާންމުކުރި ފޮޓޯގައި އެ ނަން ޖަހާފައި އިނީ ބާސެލޯނާ ޖޯޒީއެއްގަ އެވެ. އެ ޖާޒީގެ ދަރިފުޅުގެ ނަން "ރާހާ" ޖަހާފައި އިން އިރު، އެ ފްރޭމް ހަރުކޮށްފައިވާ ތަނުގައި ދަރިފުޅާ އެކީ އާލިއާ އާއި ރަންބީރް ތިބޭ ތަން ފެނެ އެވެ.

އާލިއާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކުރި އެ ޕޯސްޓް ބާސެލޯނާގެ ރަސްމީ ޓްވިޓާ އެކައުންޓުން ޕޯސްޓްކޮށް އެ މީހުން ޓެގް ވެސްކޮށް މަރުހަބާ ކިޔާފައިވެ އެވެ. އަދި އެއީ ބާސާ އަށް އުފަންވި އާ ސަޕޯޓަރެއް ކަމަށާއި ކޮންމެ ވެސް ދުވަހަކުން ޓީމުން އެ އާއިލާއާ ބައްދަލުކުރަން ވެސް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

ރަންބީރަކީ ބާސެލޯނާގެ ވަރަށް ބޮޑު ފޭނެކެވެ. މީގެ އޭނަ ސްޕެއިންގައި އެ ޓީމާ ބައްދަލު ވެސްކޮށްފައިވެ އެވެ.

2015 ވަނަ އަހަރު އާލިއާ ވަނީ އާސެނަލްގެ ޖޯޒިއެއްގައި ހުރި ފޮޓޯއެއް އާއްމުކޮށްފަ އެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި އާލިއާ އަކީ ބާސާގެ ހަގީގީ ފޭނެއް ނޫން ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.