ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް އަލަތު ދަރިފުޅު ވިހެއުމަށް ފަހު އޭނާގެ ހަށިގަނޑަށް ކުޑަ ދުވަސްކޮޅެއް ތެރޭގައި ބޮޑު ބަދަލެއް ގެނެސްފައިވާތީ ގިނަ ބަޔަކަށް ހައިރާކަން ލިބިއްޖެ އެވެ.

ރަންބީރާއި އާލިޔާ އަށް މި މަހު 6 ގައި އަންހެން ކުއްޖެއް ވަނީ ލިބިފަ އެވެ. އާލިއާ ވިހެއުމަށް ފަހު ފުރަތަމަ ފަހަރަށް އޭނާ ގެއިން ބޭރުގައި ނިކުތީ އޭނާގެ ދައްތަ ޝާހީން ބަޓް 34 ވަނަ އުފަން ދުވަސް ފާހަގަ ކުރަން އޭނާގެ މައިންބަފައިންގެ ގެއަށް އާލިއާ ޒިޔާރަތްކުރި އިރު ޕަޕަރާޒީންގެ ކެމެރާތަކަށް އަރާފަ އެވެ. އަދި އާލިއާ ވަނީ އެ މީހުންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ދީފަ އެވެ.

އާލިއާ އާއި އާލިއާގެ މަންމަ

އެ ޕޮޓޯތަކުން އާލިއަ ހުންނަނީ ނޫ ކުލައިގެ ފައިކުރި ފުޅާ އަދި ދޫ ޖީންސަކާއި ކަޅު ޓީޝާޓެއް ލައިގެންނެވެ. މިފޮޓޯތަކުން އޭނާ އިހައްދުވަހު ވިހައިގެން ނުކުތް މީހެކެވޭ ވެސް ހީނުވެ އެވެ. ފިޓްކަމުގެ ވާހަކަ ވަނީ އިންޑިއާގެ ބޮޑެތި ނޫސްތަކުން ވެސް ޖާގަ ހޯދާފަ އެވެ.

ދައްތަގެ އުފަން ދުވަސް ފާހަގަ ކުރަން ދިޔަ ނަމަވެސް އާލިއާގެ ދަރިފުޅު، ރަހާ ކަޕޫރު އެ ޕާޓީއަކަށް ނުގެންދެ އެވެ. އަދި ޕާޓީން އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރެއް ވެސް ނުފެނެ އެވެ. ނަމަވެސް އަގުބޮޑު ބައިސްކަލެއްގައި ރަންބީރު ކަޕޫރު ވަނީ ހޯމަ ދުވަހު ފެނިފަ އެވެ.

އާލިއާ އާއި ރަންވީރު އެ މީހުންގެ ދަރިފުޅުގެ ފޮޓޯ އަންމުކުރަން ވިސްނާފައި ވަނީ ދަރިފުޅަށް ހަ މަސް ފުރުމުންނެވެ.