"ހީރާ ޕެރީ"ގައި އަކްޗޭ ކުޅުނު ރޯލު އެފިލްމުގެ ތިން ބައި ފުރަތަމަ ހުށައެޅީ ކާތިކް އާރިޔަން އަކަން ނޫން ކަމަށާއި އެބައި ފުރަތަމަ ހުށައެޅީ ވަރުން ދަވަނަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ހީރާ ޕެރީ 3" ގައި އަކްޝޭ ބަދަލުގައި އެރޯލު ވަރުނަށް ހުށައެޅުމުން އޭނާ ވަނީ އެފިލްމަށް ނޫނެކޭ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވަރުން އެފިލްމަށް ނޫނެކޭ ބުނީ އަކްޝޭއަށް އިހްތިރާމްކުރުމުގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަކްޝޭ "ހޭރާ ޕެރީ 3" އިން ނުފެންނާނެކަން މިހާރު ޔަގީންވެފައިވާއިރު ރިޕޯޓުތައް ބުނާގޮތުން އަކްޝޭ ފެނުނު ރޯލު ދެން ކުޅޭނީ ކާރްތިކް އާރިޔަން އެވެ.

ވަރުން އާއި ކާތިކް

އަކްޝޭ ފިލްމަށް ނޫނެކޭ ބުނުމުން ޕްރޮޑިއުސަރު ފީރޯޒް ނަދިޔާވާލާ އާއި އާނަންދު ޕަންޑިތު، އެންމެ ފުރަތަމަ ވާހަކަ ދެއްކީ ވަރުންއާ އެވެ. ސުނިލް ޝެޓީ އާއި އަކްޝޭ ކުމާރު އަދި ޕަރޭޝް ރަވާލް ފެންނަ މަޝްހޫރު ކޮމެޑީ "ހޭރާ ޕެރީ"ގެ ތިންވަނަ ބައެއް އިއުލާނުކޮށް ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ފެށި ނަމަވެސް އެ ފިލްމުގެ ޑައިރެކްޓަރަކަށް އަދި ވަކި މީހަކު ހަމަޖައްސައިފައެއް ނުވެ އެވެ.

"ހީރާ ޕެރީ"ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2000 ވަނަ އަހަރު އެވެ. އެ ފިލްމުގެ ދެވަނަ ބައެއް 2006 ވަނަ އަހަރު ނެރުނު އިރު، ތިންވަނަ ބައިން ވެސް ފިލްމުގެ އަސްލު ކާސްޓު ފެންނާނެ ކަމަށް މީގެ ކުރިން ފީރޯޒް ވަނީ ބުނެފަ އެވެ. އެ ދެ ފިލްމު މަޖާކަމުން ބޮޑު ތަރުހީބެއް ލިބުނެވެ.