ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފުރަތަމަ ފިލްމު އަޖޭ ދޭވްގަންގެ "ސިންގަމް" ގެ ތިން ބައިގެ ޝޫޓިންތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޯހިތު ޝެޓީ އަންނަނީ އަޖޭ އާއެކު "ސިންގަމް އެގެއިން" ޝޫޓިން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. މިފިލްމުގެ ޝޫޓިންތައް އަންނަ އަހަރުގެ އޭޕްރީލް މަހު ފެށިގެން ކުރިއަށްދާނެ އެވެ.
އަޖޭ ވަރުގަދަ ފުލުހެއްގެ ރޯލުން ފެނިގެން ދިޔަ އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ސިންގަމް" 2011 ގައި ގެނެސްދިނުމަށް "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. ފުރަތަމަ ފިލްމުގެ ބަތަލާ އަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ކުޅޭ އިންޑިއާގެ ދެކުނުގެ ބަތަލާ ކާޖަލް އަގަރްވާލެވެ. ދެވަނަ ބައިގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.
ރޯހިތު މިހާރު "ސިންގަމް 3" ގެ ތައްޔާރީތައް ވާން ފަށާފައި މި ވަނީ އޭނާގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ކެރެކްޓާ ދައްކުވައިދޭ ފިލްމު "ސޫރިޔަވަންޝީ" ވަނީ މިދިޔަ އަހަރު ނެރެފަ އެވެ.
ރޯހިތުގެ ދެވަނަ ފުލުސް ކެރެކްޓާ އަކީ 2018 ގައި ރަންވީރު ސިންގްއާ އެކު ގެނެސްދިން "ސިމްބާ" އެވެ. ފާހަގަ ކޮށްލެވޭ ކަމަކީ "ސޫރިޔަވަންޝީ" ގައި އަކްޝޭއާ އެކު އަޖޭ އާއި ރަންވީރު ވެސް އެ މީހުންގެ ކެރެކްޓާތަކާ އެކު ހިމަނާފައިވާ ކަމެވެ. އެހެންވެ ހަމަ މިގޮތަށް "ސިންގަމް 3" ގައި އަޖޭއާ އެކު އަކްޝޭ އާއި ރަންވީރު ވެސް ހިމަނާނެ އެވެ.
ރޯހިތުގެ ކުރިއަށް ހުރި އެހެން ފިލްމުތަކުގެ ތެރޭގައި ރަންވީރުގެ "ސާކަސް" އަށެވެ. އަދި ސިދާތު މަލްހޯތުރާއާ އެކު އިންޑިއާ ޕޮލިސް ފޯސް ޑައިރެކްޓް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. އަނެއްކޮޅުން އަޖޭ ދެން ފެނިގެންދާނީ ބޮލާ އަދި މައިދާން އިންނެވެ.