ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުކުރަން ނިންމައިފި އެވެ.

ރައީސް ވަހީދު ފުލުސް އޮފީހަށް ހާޒިރު ކުރަނީ މިއަދު ހަވީރު 4:00 އަށެވެ.

އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރު ކުރަނީ ޕީޕީއެމް، ޕީއެންސީން ބޭއްވި ސައިކަލް ބުރާ ގުޅިގެންނެވެ. އެ ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ހުންނަވައި ރައީސް ވަހީދު ވަނީ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

އެތަނުގައި ވާހަކަފުޅު ދައްކަވަން ފައްޓަވަން ވެގެން އެމަނިކުފާނު ވަނީ މާސްކު ނަންގަވާފަ އެވެ. ފުލުހުން ރައީސް ވަހީދު ހާޒިރުކުރަނީ އެ މައްސަލައާ ގުޅިގެންނެވެ.

މީގެކުރިން ވެސް ރައީސް ވަހީދު ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. ނަމަވެސް އެ ދުވަހު އެމަނިކުފާނު ވަނީ ގާނޫނީ ވަކީލަކު ހަމަޖެއްސެވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

މާސްކު ނޭޅި މައްސަލާގައި ޕީޕީއެމްގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ މީގެކުރިން ފުލުސް އޮފީހަށް ހާޒިރުކޮށް 1000 ރުފިޔާ އިން ޖޫރިމަނާ ކޮށްފަ އެވެ.