މާލޭގައި ފުޅާދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރަމުންދިޔަ "އަގޯރާ"ގެ ފިހާރަތައް ބަންދުކުރުމަށް ނިންމައިފި އެވެ.
ޑިޕާޓްމަންޓް ސްޓޯރު ސްޓައިލަށް 2005 ވަނަ އަހަރު "އަގޯރާ" ފިހާރަތައް ބަންދުކުރުމަށް ނިންމާފައި ވަނީ އެކުންފުނި ބަނގުރޫޓްވެގެން ކަމަށްވެ އެވެ.
އެއާކަންޑިޝަން ސާމާނު ފުޅާދާއިރާއެއްގައި ވިއްކާ ބްރައިޓް ބްރަދާސް އިން މާލޭގައި "އަގޯރާ" ތިން ފިހާރައެއް ހިންގި އެވެ. އަދި "އަގޯރާ" ފިހާރަތައް ބަންދުކުރުމުގެ ގޮތުން މަޖީދީމަގު ފިހާރާގައި ހުރި މުދާތައް ވިއްކާލުމަށް ވަނީ ސޭލް އަޅުވާފަ އެވެ.
މަޖީދީމަގުގައި އަގޯރާގެ ފުރަތަމަ ފިހާރަ ފެށީ، ކާބޯތަކެއްޗާއި ގޭތެރެއަށް ބޭނުންވާ ސަމާނު ވިއްކަން ހަތަރު ބުރި ހާއްސަކޮށްގެންނެވެ. އަދި އޭގެ ފަހުން ސޯސަންމަގުގައި ދެވަނަ ފިހާރަ ފިހާރަ ހުޅުވީ ވެސް ދެ ފަންގިފިލާ ހިމެނޭ ގޮތަށެވެ. އޭގެ އިތުރުން މައްޗަން ގޮޅީ ދީދީ ގޯޅީގައި ތިންވަނަ ފިހާރައެއް ވެސް ހުޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސޯސަން މަގުގައި ހުންނަ "އަގޯރާ" ފިހާރަ، ރެޑްވޭވް ފިހާރަތައް ހިންގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ ގަނެފަ އެވެ.
މަޖީދީމަގައި ހުންނަ "އަގޯރާ" ވިއްކާލުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބި އެވެ.
"އަގޯރާ" ފިހާރަށް ބަންދުކުރުމަށް ނިންމާފައިވާކަން އެފިހާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަނީ އަންގާފަ އެވެ.
ވަރަށް ދެރަކަމެއް. އެތައްބައެއްގެ ވަޒީފާ ގެއްލި މަގުމަތިވާނެ ކަމެއްމީ.