ބޮލީވުޑްގެ ތަރި ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ ނާތާޝާ ދަލާލްގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވަތަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. މިހާރު އެ ދެމީހުން ވެސް ތައްޔާރުވަމުން އަންނަނީ ކައިވެނި ކުރުމަށެވެ.

ކައިވެނި ކުރާނެ ތާރީހެއް އަދި ހާމަކޮށްފައި ނެތަސް، ރިޕޯޓުތައް ބުނާގޮތުން 2021 ވަނަ އަހަރު މި ކައިވެނި ކޮށްފާނެ އެވެ.

ދާދި ފަހުން ވަރުން ބައިވެރިވި ޓޯކް ޝޯއެއްގައި އޭނާ ވަނީ އެ ދެ ލޯބިވެރިންއެކުގައި ދިރިނޫޅޭ ސަބަބު ވެސް ހާމަކޮށްފަ އެވެ. ވަރުން ބުނި ގޮތުގައި ބޮލީވުޑްގެ އެހެން ތަރިން ފަދައިން ކައިވެނި ނުކޮށް ވެސް އެކުގައި ދިރިއުޅުމާމެދު އެ ދެ މީހުންގެ މައްސަލައެއް ނެތަސް އެއީ އާއިލާއިން މާ ރުހޭ ކަމެއް ނޫން ކަމަށެވެ.

ކައިވެނި ކޮށްގެން އެކީގައި ދިރިއުޅުމާއި ކައިވެނި ނުކޮށް އެކުގައި ދިރިއުޅުމުގެ ތެރެއިން އެއްކަންތައް ޗޫޒްކުރަން ޖެހިއްޖެ ނަމަ ޗޫޒް ކުރާނީ ކޮންކަމެއްތޯ ސުވާލު ކުރުމުން ވަރުން ބުނީ ބޭނުންވަނީ ކައިވެނިކޮށްގެން އެކުގައި ދިރިއުޅެން ކަމަށެވެ.

ވަރުން އާއި އޭނާގެ ލޯބިވެރިިޔާ ނަތާޝާ/ ފޮޓޯ: އިންސްޓަގްރާމް

"އަހަންނަށް ފެނުނީ އަހަރެންގެ ބޭބެ އާއި ފަހަރި. އަދި އެ މީހުންގެ ދަރިފުޅު ނައިރާ. އެކަންތައް ފެނި އަހަރެންނަށް އިހުސާސުވި ކައިވެންޏަކީ ރަނގަޅު ނިންމުމެއްކަން،" ވަރުން ބުނެފައިވެ އެވެ.