ވިޖޭ ދެވަރަކޮންޑަ އާއި ރަޝްމިކާ މަންޑަންނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ދޭތެރެއިން ބޮލީވުޑްގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

މީގެ އަހަރުތަކެއް ކުރިން އިންޑިއާގެ ނޫސްތަކުގައި ދެތަރިން ލޯބީގެ ގޮތުން ގުޅުނުކަން ދެތަރިން ވެސް ހާމަކޮށްފައިވާއިރު، އެ ދެތަރިން ވެސް ދެ އަހަރު ދުވަހު އެކީގައި އުޅެފައިވެ އެވެ. ނަމަވެސް ދެ އަހަރަށްފަހު ދެ ތަރިން ވަކިވީ ކޮން ސަބަބަކާ ހެދި ކަމެއް ސީދާ އެ ދެ ތަރިން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެއަށް ފަހުން ދެ ތަރިން އެކީގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ފޮޓޯތައް ސޯޝަލްމީޑިއާގައި އާންމުވުމާއެކު އަނެއްކާ ވެސް ރަޝްމިކާ އާއި ވިޖޭ ލޯބީގެ ގޮތުން ގުޅުނުކަން އާންމުންނަށް ވަނީ ހާމަވެފަ އެވެ. އަދި ފަހަކަށް އައިސް އާންމުންގެ މެދުގައި އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ އެ ދެތަރިން ސިއްރުން ކައިވެނި ކޮށްފައިވާކަމެވެ.

މި ވާހަކަތަކާ ގުޅޭ ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފަ އެވެ. އެ ފޮޓޯގައި ދެ ތަރިން ވެސް ކައިވެނީގައި ލާ ހެދުން ލައިގެން ހުންނަތަން ފެނެ އެވެ.

ނަމަވެސް އެ ފޮޓޯއަކީ ދެތަރިންނަށް ސަޕޯޓުކުރާ ފޭނަކު ހަދާފައިވާ އެޑިޓެއްކަން ވަނީ ހާމަވެފަ އެވެ. އަދި އެއާއެކު ސޯޝަލްމީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުވެ އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސައުތުގެ މި ދެ ތަރިން އަނެއްކާ ވެސް ލޯބީގެ ގޮތުން ގުޅުމަކީ ފޭނުންގެ ތަރުހީބު އިތުރުވި ކަމެކެވެ. އާންމުންނަށް ރަޝްމިކާ އާއި ވިޖޭގެ ޖޯޑު ކަމުގޮސްފައި ވަނީ އެ ދެ ތަރިންގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ގީތާ ގޮވިންދަމް" އާއި "ޑިއާ ކޮމްރޭޑް" އިންނެވެ.