ދޯހާ (19 ޑިސެމްބަރު) - ކޮވިޑް ވެކްސިން ގަތަރަށް މާދަމާ ލިބޭނެ ކަމަށް ގަތަރުގެ ބޮޑު ވަޒީރު ޝެއިހް ހާލިދު ބިން ހަލީފާ ބިން އަބްދުލް އަޒީޒް އަލް ސާނީ ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ހޯމަދުވަހު ލިބޭނެ ކަމަށެވެ. އަދި ގަތަރުގެ އެންމެންނަށް ވެކްސިން ދޭން ފެއްޓުމަށް ސިއްހީ މާހިރުންނަށް އަންގާފައިވާ ކަމަށް ވެސް ހާލިދު ވިދާޅުވި އެވެ.
ބޮޑުވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި މިއީ ކޮވިޑް ރޯގާއިން ސަލާމަތްވެ އާންމު ހާލަތަކަށް ބަދަލުވުމަށް އެޅިގެންދާނެ ވަރަށް ބޮޑު ފިޔަވަޅެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.
ޕަބްލިކް ހެލްތް މިނިސްޓަރުގެ އެޑްވައިޒާ ކޮންސަލްޓަންޓް ވިދާޅުވި ގޮތުގައި ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދޭނީ ދުވަސްވީ މީހުންނަށާއި ހާލުބޮޑު ބަލި މީހުންނަށެވެ.
ކޮވިޑް ރޯގާޖެހިގެން ގަތަރުން ރިޕޯޓްކޮށްފައިވަނީ 141،858 މީހުންނެވެ. އަދި މިރޯގާގައި 243 މީހުން މަރުވެފައިވާ ކަމަށް ރިކޯޑް ކުރެވިފައިވެ އެވެ. – އަލްޖަޒީރާ
އުމުރު ތަފާތު ބޮޑު ދެ ލޯބިވެރިންގެ ޒުވާބު ހޫނުވެ، މާރާމާރީއެއް
ބޮލީވުޑްގެ ކުރިން ވިކީގެ ހުވަފެނަކީ މިއީ!
އާއްމު އުފެއްދުންތަކުގައި ކެންސަރަށް މަގުފަހި ކުރުވާ މާއްދާއެއް!
