މިހާރު ކުރިއަރަމުން އަންނަ ދެ އެކްޓަރުން ކަމަށްވާ އަބްދުﷲ ޝަރަފް އަދި ވާޝިޔާ މުހައްމަދު ލީޑް ރޯލުން ފެނިގެންދާ ވެބް ސީރީޒް "މިރާއީ" އަންނަ މަހުގެ ހަތް ވަނަ ދުވަހު ބައިސްކޯފުން ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިހާރު ކުރިއަރަމުން އަންނަ ޑައިރެކްޓަރު އަޒްހާން އިބްރާހިމް ޑައިރެކްޓްކުރާ މި ސީރީޒް ގައި ފެނިގެންދާނީ ހަތަރު މީހެއްގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެވެ. ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ޝަރަފުގެ އިތުރުން މި ސީރީޒް ފެނިގެންދާނީ މުހައްމަދު އިޝްފާން އާއި އަލަށް ތައާރަފުވާ އައިޝަތު ޝާޔާ (ޗޮއްކު) އެވެ.

https://www.facebook.com/baiskoafu/videos/5244883152279256

"މިރާއީ" ޕްރީމިއާކުރާ ތާރީހު އިއުލާންކުރި އިރު، މީގެ ޕްރޮމޯޝަނަލް ލަވަ "އުމުރަށް" މިއަދު ބެލުންތެރިންނަށް ދޫކޮށްލެ އެވެ.

މި ސީރީޒަކީ އަޒްހާންގެ ދެވަނަ ސީރެވެ. އޭނަ ކުރިން ގެނެސްދިނީ ކްރައިމް ޑްރާމާ ޖޯންރާގެ "ދަރަކަ" އެވެ.

"މިރާއީ" އަކީ ކްރައިމް ތުރިލާ ޖޯންރާގެ ސީރީޒެކެވެ.