ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ލިސްޓުގައި ކަންގަނާ ރަނާއުތް އާއި ސޯނަމް ކަޕޫރު ހިމެނެ އެވެ.

ދެ ފަންނާނުންނަކީ ވެސް ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިން ތަރިންނެވެ. ހަމައެހެންމެ މި ދެ ފަންނާނުންގެ ޒާތީ ކޮންމެ ކަމަކީ ވެސް ބެލުންތެރިން ބަލައި، އޮޅުންފިލުވަން ބޭނުންވާނެ މައުލޫމާތުތަކެކެވެ.

ނަމަވެސް ބައެއްގެ ސަމާލުކަން ލިބުނު އެއް ކަމަކީ ސޯނަމް އާއި ކަންގަނާގެ މެދުގައި ހިނގި ހަމަނުޖެހުމެވެ. ސޯނަމް ކަންގަނާއަށް އަމާޒުކޮށްފައިވާ ބަހުގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އެގޮތުން ސޯނަމް ވަނީ ކަންގަނާއަކީ އެކްޓުކުރަން ނުދަންނަ، އަދި ރީތި ސިފައެއް ލިބިގެން ނުވާ އަންހެނެއް ކަމަށް ބުނެފަ އެވެ. މިކަމަށް ރައްދުދެމުން ކަންގަނާ ބުނީ، ސޯނަމް އަކީ ލިބިފައިވާ ބާރުގެ ބޭނުން ހިފައިގެން ކުރިއަށް ދާ މީހެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސޯނަމް ވަނީ ގޯހުން ގޯހަށް ގޮސްފައި ކަމަށް ވެސް ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާގެ ވާހަކާގައި އޭނާ އެ އިޝާރާތްކޮށްފައި ވަނީ ސޯނަމް، މަޝްހޫރު ފިލްމީ ތަރި އަނިލް ކަޕޫރުގެ ދަރިއަކަށް ވުމުން އެކަމުގެ ފައިދާ ނަގާ ކަމަށެވެ.

މި މައްސަލައަށް ފަހު ދެތަރިން މިހާތަނަށް ގުޅުން ރަނގަޅުކޮށް، ވާހަކަ ދައްކާފައެއް ނުވެ އެވެ.