އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހަމަޖައްސަވައިފި އެވެ.
ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
މާރިޔާވަނީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ސޯލިހުގެ ތަރުޖަމާނުކަމުގެ މަގާމު އަދާކުރައްވާފައެވެ.
ރައީސް ސޯލިހުގެ އިތުރުން އެ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
މިމަހު 28 ވަނަ ދުވަހު އޮންނަ އެޕާޓީގެ ޕްރައިމަރީގެ ކެމްޕެއިން ވަރަށް ވާދަވެރިއެވެ.
ތިނަދޫ ކުޅިއަށް ކެމިކަލް އެޅި ކަމަށް ބުނެ ޖޫރިމަނާކުރަން އެދެފި
މިދިޔަ މަހު ޓޫރިޒަމަށް 2.1 ޕަސެންޓްގެ ކުރިއެރުމެއް
އޮގަސްޓު މަހު ސްކޭމްތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލުނު
