އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރ. އަތޮޅަށް ވަޑައިގެންފި އެވެ.

މި މަހުގެ 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގައި އެމަނިކުފާނަށް ތާއީދު ހޯދުމަށް ކެމްޕެއިންގެ ފުރަތަމަ ޖަލްސާ ބޭއްވީ މިދިޔަ ބުދަ ދުވަހު އެމްޑީ މައި ހަރުގޭގަ އެވެ.

ރ. އަތޮޅުގެ ރަށްތަކަށް ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވީ މިދިޔަ އަހަރުގެ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، ރ. އަލިފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެވެ.

ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ހެނދުނު ރ. މާކުރަތަށް ރައީސް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

މީގެއިތުރުން ރ. އިންނަމާދޫ އާއި މީދޫއަށް ވެސް އެމަނުކުފާނު ވަޑައިގަންނަވާނެ އެވެ. ކެމްޕެއިންގެ ބޮޑު ޖަލްސާ އޮންނާނީ މީދޫގަ އެވެ.

ރައީސް ސޯލިހާ މި ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުން ވެސް ގެންދަވަނީ އެކަކު އަނެކަކަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރަމުންނެވެ.