ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކަރީނާ ކަޕޫރަކީ އޭނާގެ ރީތިކަމަށާއި، ދުޅަހެޔޮ ހަށިގަނޑެއްގެ ސަބަބުން އާންމުންގެ ތައުރީފު ލިބޭ ތަރިއެކެވެ.

އެގޮތުން ކަރީނާ ދާދި ފަހުން ވަނީ ދުޅަހެޔޮކޮށް ހުރުމަށްޓަކައި ހެނދުނު އޭނާ ބޭނުންކުރާ ބުއިން އާންމުންނާ ހިއްސާކޮށްފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ، ހެނދުނު ހޭލާގޮތަށް ހަށިގަނޑު "އަލްކަލައިން" ކުރުމަކީ އޭނާގެ އާދައެއް ކަމަށެވެ. އެގޮތުން ހެނދުނު ހޭލެވޭހައި އަވަހަކަށް ފެން ތައްޓަކަށް ލުނބޯ އަޅައިގެން ބޯލާ ކަމަށް ކަރީނާ ބުނެފައިވެ އެވެ.

ކަރީނާ ބުނިގޮތުގައި މި ބުއިން އޭނާ ހެނދުނު ބޭނުން ކުރަނީ ގިނަ ސަބަބު ތަކަކާ ގުޅިގެންނެވެ. އެގޮތުން އޭގެ ސަބަބުން އޭނާގެ ހަށިގަނޑަށް ބޭނުންވާ ބައެއް މުހިންމު މާއްދާތައް ލިއްބައިދިނުމުގެ އިތުރުން ހަންގަނޑު އޮމާންކޮށްދީ، ދުޅަހެޔޮކޮށް ބެހެއްޓުމަށް ވެސް ލުނބޯ ފެން އެހީތެރިވެދޭ ކަމަށް އޭނާ ބުނެފައިވެ އެވެ.

ކަރީނާއަށް 42 އަހަރު ފުރިފައިވާ އިރު ވެސް އޭނާގެ ހަށިގަނޑުގެ ބައްޓަމަށް މާބޮޑު ބަދަލެއް ނާންނާތީ ގިނަ ބަޔަކު ނަމޫނާއެއްގެ ގޮތުގައި ކަރީނާ ދެކެ އެވެ.

ކަރީނާ އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ.

އެގޮތުން ކާމިޔާބު ފިލްމު ތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ކަރީނާ ކައިވެނި ކޮށްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ސައިފް އަލީ ޚާން އާއެވެ. އަދި ސައިފް އާއި ކަރީނާއަށް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ